Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ޗާގޮސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ރިއެކްޓު ނުކުރައްވާތީ ޣައްސާން ކަންބޮޑުވުން ފާޅުކުރައްވައިފި

ޗާގޮސް މައްސަލައިގައި ރައްޔިތުން ހާސަކަމެއްގެ ތެރޭގައި ތިބިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިއެކްޓްނުކުރައްވާތީ ޕީޕީއެމްގެ ނައިބު ރައީސް، ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޗާގޯސް މައްސަލައިގައި މީގެ ކުރިން ރާއްޖެއިން ތާއީދުކުރީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮންނާނެ ގައުމަކީ އިނގިރޭސިވިލާތް ކަމަށެވެ. އެކަމަކު ސަރުކާރުގެ އެ ސްޓޭންޑު ކުއްލިއަކަށް ބަދަލުކޮށް، ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށް ނިންމައި އެގޮތަށް ވޯޓުދޭން ސަރުކާރުން މިދިޔަ ހަފްތާގައި ނިންމުމާ ގުޅިގެން އެ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިފައިވަނީ ކޮން ގައުމަކަށްކަން ނިންމުމުން އެކަމުގެ ސަބަބުން ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލައަށް އަސަރުކުރާނެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރަހައްދުން ބައެއް ދީލައި ނުލެވޭނެ ކަމަށާއި ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.
"ރައްޔިތުން ހާސް ކަމެއްގައި، ރިއެކްޓު ކޮށްލަދެއްވަން އަދަބުވެރިކަމާއެކު އިލްތިމާސްކުރަން،" ޣައްސާން ވިދާޅުވި އެވެ.
ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުގައި އެގައުމުން ކުރާ ދައުވާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭގެ ސިޔާސަތު ދީލައިނުލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވެސް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.
އެގޮތުން ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއްކަމަށް އެ ގައުމުން ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ ދިވެހި ސަރުކާރަށް އެއްބަސް އެ ވެވެނީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ގިނަ މެންބަރުންވެސް ގަބޫލުކުރަނީ އެގޮތަށެވެ. ބައެއް މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވީ އެފަދަ ބޮޑު ނިންމުމެއް ސަރުކާރުން ނިންމި އިރު މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ނުކުރުމުންނެވެ.

ރައްޔިތުންގެ މަޝްވަރާއަކާ ނުލައި އެފަދަ ނިންމުމެއް ނިންމުމަށްފަހު، އޭޖީ އޮފީހުން ބަޔާނެއް ނެރުނު ނަމަވެސް އޭގައިވެސް ރައްޔިތުންނަށް އެކަށީގެންވާ ސަބަބެއް ދީފައި ނުވާ ކަމަށާއި، ކަން ހިނގައިދިޔަގޮތް ހާމަކޮށްދީފައި ނުވާކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ