Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީކާއީލް ނަސީމް

ޗާގޮސްގެ ސިޔާދަތާމެދު ނިންމާ ނިންމުމުން ސަރަހައްދު ކަނޑައެޅުމަށް އަސަރުނުކުރާނެ ގޮތެއް ނެތް: މީކާއީލް

ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިފައިވަނީ ކޮން ޤައުމަކަށްކަން ނިންމުމުން އެކަމުގެ ސަބަބުން ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލައަށް އަސަރުނުކުރާނެ ގޮތެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލު މިފަދައިން ވިދާޅުވެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަން ރާއްޖެއިން ޤަބޫލުކުރަން ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާމެދު ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މީކާއީލު ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވަނީ ކޮން ބައެއްކަން ކަނޑައެޅުމާއި، ރާއްޖެއާއި ޗާގޮސްގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލައަކީ ގުޅި ލާމެހިފައިވާ ދެ މައްސަލައެވެ. އެހެންކަމުން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮންނަ ޤައުމަކާމެދު ނިންމާ ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅުންހުރި މައްސަލައަށް އަސަރުނުކުރާނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިފަދައިން އޭނާ ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނަށް ރައްދު ދެއްވަމުންނެވެ.

"ސިޔާދަތުގެ މައްސަލާގައި ނިންމާ ނިންމުމާއި އަދި އިމުގެ މައްސަލާގައި އެވާ ގޮތް އެއީ މިއުޗިއަލީ އެކްސްކުލޫސިވް ދެކަމެއް. އެއް ކަމުން އަނެއްކަމަށް އަސަރުނުކުރާނެ ކަމަށް އަޅުގަނޑަށް ލިބިފައިވާ މަދު އިލްކަމުން ޤަބޫލުނުކުރެވޭ،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި ސަރަހައްދާމެދު ޚިޔާލު ތަފާތުވުމެއް އުފެދޭ އެއްވެސް މައްސަލައެއްގައި ރާއްޖޭގެ ޤާނޫނު އަސާސީގެ ރޫޙަކީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެކަމާމެދު ބަހުސްކުރެވިގެން ވީހާވެސް ގިނަ ބައެއްގެ ޚިޔާލު ހިމެނިގެން ބަހުސްކުރެވިގެން، ސަރުކާރު ނިންމުން ބަދަލުވި ސަބަބު ސާފުވެގެން ކުރެވެންޖެހޭ މަސައްކަތެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ