Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް!

ދިރާގުގެ މައި އޮފީސް
ވޭތުވެދިޔަ ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވުނު އެއް މަޢުލޫއަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެނެސްފައިވާ އިސްލާހާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ދިރާގަށް އެހިދުމަތް ކުރިއައް އޮތް ތަނުގައި ދިނުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބުނެ ކުރިޔަށްދިޔަ ބަހުސްއެވެ. މި ބަހުސް ކުރެވުނު މައިގަނޑު ސަބަބަކީ ކުރިޔަށް އޮތް ތަނުގައި ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތަކަށް މެނުވީ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ނުދެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާތީއެވެ. ރައްޔިތުންގެ މަޖްލިސްގެ ބަޔެއް މެމްބަރުން ފާހަގަކުރި ގޮތުގައި ދިރާގު ރީބްރޯޑްކާސްޓް ކުރުމުގެ ދައިރާއިން ބޭރުވެއްޖެނަމް ކުދި ވިޔާފާރިތަކަށް އެ ވިޔަފާރީގެ ދޮރު ބަންދު ވެގެން ދާނެކަމަށެވެ. ނަމަވެސް އަމަލީ ގޮތުން ކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިއީ މިކަމުގެ ހަޤީގަތް އޮތް ގޮތެއް ނޫނެވެ. މަޖިލިސް ބައެއް މެންބަރުން ވާހަކަ ދެއްކި ގޮތުން އަމަލީ ގޮތުން ކަންތައް ވަމުންދާ ގޮތާ ހިލާފަށް އޮޅުން އަރާގޮތަށް ވާހަކަ ދެއްކިފައިވެއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ 2 ކުންފުންނަކީ މީޑިއާނެޓް އާއި ދިރާގުއެވެ. ދިރާގުގެ ފަރާތުން ދިރާގު ޓީވީ މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ މޮޑިއުލް އަށް ބަލާއިރު، އެ ކުންފުންޏަށް އެހެން އެއްވެސް ބަޔަކަށް ނުލިބޭފަދަ ބޮޑެތި އިހުތިޔާރުތަކެއް ލިބިފައިވެއެވެ. އެގޮތުން މޯބައިލްގެ ހިދުމަތްތަކާއި، ޓީވީ ޗެނަލް ތަކުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ދިރާގުން ފޯރުކޮށްދެނީ އެ ކުންފުނީގެ 100 އިން ސައްތަ ނެޓްވޯކަކުންނެވެ. މި ހުރިހާ ހިދުމަތްތަކެއްވެސް ދިރާގުން ފޯރުކޮށްދެނީ އާމްދަނީގެ އެއްވެސް މިންވަރެއް އިތުރު ބަޔަކަށް ލިބޭ މޮޑިއުލްއަކުން ނޫނެވެ. އެހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އެއްވެސް ބައިވެރިވުމެއް ނޯންނަގޮތަށެވެ.
ނަމަވެސް ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް އެންމެ ގިނަ ދުވަހު ރާއްޖޭގައި ދެމުންދާ ކުންފުނި ކަމުގައިވާ މީޑިއާނެޓުން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރައްތަކަށް އެހިދުމަތް ފޯރުކޮށްދެމުން ދަނީ ރަށްރަށުގެ ގިނަ ކުދި ވިޔަފާރިތައް އަމްދަނީ ލިބޭގޮތަށް އެ ރަށްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންގެ ބައިވެރިވުމާއެކު، ލިބޭ އާމްދަނީގެ 50% އެފަރާތްތަކަށް ލިބޭ ގޮތަށެވެ. މި ކާމިޔާބު މޮޑެލްގެ ދަށުން މިހިދުމަތް މުޅި ރާއްޖެއަށް މީޑިއާނެޓް ތައާރަފްކޮށްފައިވާއިރު، ރާއްޖެގެ އެކި ރަށްރަށުގައި ޖުމްލަ 100އަށްވުރެ ގިނަ ކުދި ވިޔަފާރިތަކާ ގުޅިގެން މިހާރު ދަނީ ހިދުމަތް ދެމުންނެވެ. ދިރާގާ ހިލާފަށް މީޑިއާނެޓަކީ ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ ތެރެއިން އެންމެ ހިދުމަތަކަށް ބަރޯސާވެފައިވާ ފަރާތެކެވެ. ރަށްރަށުގައި މި ހިދުމަތް ފޯރުކޮށްދެމުންދަނީ ލިބޭ އާމްދަނީގެ 50 އިން ސައްތަ ރަށްފުށުގައި ދިރިއުޅޭ ކޭބަލް ޓީވީ އޮޕަރޭޓަރަށް ލިބޭ ގޮތަށެވެ. ނަމަވެސް މި ހިދުމަތް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދިނުމަށް ގޮތުން އެކި ޗެނަލްތަކުން ހޯދާ ރައިޓްސްތަކަށް ދައްކަންޖެހޭ ފީއާއި، ސެޓަލައިޓަށް އަޕްލިންކް ކުރުމުގެ ހަރަދާއި، ލައިސެސްންސް އެކުއިޒިޝަން ފީ އަކީ ސިދާ މީޑިއާނެޓުން ކުރާ އަދި އެހަރަދުތަކަށް ރަށްރަށުގައި މީޑިއާނެޓުގެ ފަރާތުން ހިދުމަތްދޭ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކުން ޒިންމާވާންޖެހޭ ކަންތައްތަކެއް ނޫނެވެ.
2015 ވަނަ އަހަރުން ފެނިގެން ދިރާގުން ކޭބަލް ޓީވީގެ ޚިދުމަތުގެ ތެރެއަށް ވަދެ ކޭބަލް ޓީވީގެ ޚިދުމަތް އިންޓަރނެޓް މެދުވެރިކޮށް ދެމުންދާއިރު، އެކުންފުނިން ފޯރުކޮށްދޭ ބްރޯޑްބޭންޑް އިންޓަރނެޓާއި އަދި މޯބައިލް އިންޓަރނެޓްގެ ޚިދުމަތާއި އެއްކޮށްލައިގެން (ބަންޑްލް ކޮށްގެން) އިންޓަރނެޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ދަނީ ދޫކުރަމުންނެވެ. އެހެން ކަމުން އެންމެ ހިދުމަތެއް ފޯރުކޮށްދޭ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް ދިރާގާ އެއްވަރަކަށް މާކެޓުގައި ފައި ހިއްޕާލާކަށް ކުޅަދާނައެއް ނުވާނެއެވެ. އަދި މިކަމުގެ ސަބަބުން މުޅި ސަޕްލައިން ޗެއިނަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ހާއްސަކޮށް ޓީވީ ޕެކޭޖުތަކުގެ އަގު ވައްޓާލުން ފަދަ ކަންކަމަކީ ކުދި ވިޔަފާރިތަކުގެ ޖަނާޒާގެ މަލަމައްޗެވެ.
ރާއްޖޭގައި ބޮޑެތި ވިޔާފާރި ކުރާ ކުންފުނިތަކުގެ ތެރޭން އުރީދޫވެސް ދަނީ ކުދި ވިޔަފާރިތަކާ ޕާރޓުނަރ ވެގެން އިންޓާރނެޓް ހިދުމަތް ދެމުންނެވެ، އެގޮތުން 20% އެފަރާތްތުގެ އެޖޭޓުންގެ ގޮތުގައި ރަށްރަށުގައި ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ގޮތަށް އޫރީދުވެސްދަނީ އިންޓާރނެޓް ހިދުމަތް ދެމުންނެވެ. މިޔާ ހިލާފަށް ދިރާގުގެ ހިދުމަތް ދެމުންދަނީ ރަށުގަ ނެޓްވޯރކް އޮތްފަރާތާ ގުޅިގެން ކުރޭވެން އޮތަސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ކޮންމެ ރަށެއްގައި އެފަރާތުގެ އަމިއްލަ ނެޓްވޯރަކް އަޅާއިގެންނެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އަތޮޅުތެރޭގެ އެކި އެކި ރަށް ރަށުގައި ފޯރުކޮށްދިނުމުގެ ހިދުމަތް މިހާތަނަށް ދެމުންއައި އެރަށްރަށުގެ ކުންފުނިތަކަށް ވާދަ ނުކުރެވޭ ފަދަ ގޮތަކަށް މުޅި ސިނާޢަތުގެ ވާދަވެރިކަން އެކީ އެކަށް ގެއްލި، އަދި މުޅި ސިނާޢަތް އެއްކުންފުންޏެއްގެ މުށުތެރެއަށް ލެވިގެންދިޔުމެވެ.
ދިރާގުން ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ވިޔާފާރި ވާދަވެރިކަމާ ހިލާފް ކުރަމުންދާ އަމަލުތަކާ ގުޅިގެންނާއި އެކަމުގެ ސަބަބުން އިންޑަސްޓްރީ އަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން، ރަށްރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދެމުންދާ ކުދި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ 100 (ސަތޭކަ) އަށް ވުރެ ކޭބަލް އޮޕަރޭޓަރުން ވާނީ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ޕެޓިޝަނެއް ހުށަހާޅަފައެވެ. މިހާރު ރައްޔިތުންގެ މަޖްލިސްގެ ގަވާއިދު ކޮމިޓީއިން ބަލަމުންދާ ރިބްރޯޑްކާސްޓް ކުރުމުގެ ގައިވާދާ ގުޅޭ މައްސަލައާ ގުޅިގެން ކޭބަލް އޮޕަރޭޓަރެއް ކަމަށްވާ އޭދަފުށީ ކެބަލް ނެޓްވޯރްކްއިން އެކޮމެޓީއަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެފަރާތުން ހުށަހެޅި ސީޓީގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާގޮތަށް އަދި ވާދަވެރި ވިޔަފާރި މާހައުލު ނެތިގެންދާގޮތަށް ދިރާގުން ކުރިޔަށްގެންދާ ކަންތައްތަކާ ގުޅޭގޮތުންނެވެ.
އޭދަފުށީ ކެބަލް ނެޓްވޯރްކްއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އިންޓަރނެޓް ކަސްޓަމަރުންނަށް ބަންޑަލިންގެ ސިފައެއް ކަމުގައިވާ ޓާއިން ޢަޕް އުސޫލުން ޕްރޮމޯޝަން ދިރާގުން ހިންގާކަމާއި، ދިރާގުން ދޭ ހިދުމަތްތައް ވާދަވެރިނޫން ގޮތްގޮތަށް ހިންގަމުންދަނީ، ދިރާގަކީ މަލްޓިޕަލް ސަރވިސް ހިދުމަތްދޭވޭ ފަރާތަކަށްވުމުން އެކަމުގެ ނާޖާއިޒު މަންފާ ނަގައިގެންކަމާއި، މިކަމުގެ ސަބަބުން ރީބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމުގެ ޞިނާއަތުގެ ވާދަވެރިކަން ގެއްލި ނަހަމަ ވިޔަފާރިއަށް މަގުހުޅުވިގެންދާއިރު، ސިންގަލް ސަރވިސް ހިދުމަތްދޭ ރީބްރޯޑްކާސްޓަރުންނަށް މިކަމުގެ ސަބަބުން އިޔާދަ ނުކުރޭވެނެ ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދިރާގުން ވިޔަފާރި ހަރަކާތް ބައްޓަންކުރަމުން އަންނަ ގޮތާ އަދި ޓެލެކޮމްގެ ހިދުމަތްތަކާ ޓާއިން އަޕް އުސޫލުން ހިލޭ ދެމުން އަންނަ ރިބްރޯޑްކާސްޓިންގ ހިދުމަތަކީ ރަށްރަށުގައި ހިދުމަތް ދެމުން އަންނަ ކުދި ވިޔަފާރިތައް މާރކެޓްގައި ވާދަނުކުރޭވެނެ އަދި ކަންޓާރ އޮފާ ނުކުރޭވެނެ ވިޔަފާރި އަމަލުތަކެއްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގެ ބޭނުމަކީ ދިރާގުގެ އިންޓާރނެޓް ކަސްޓަމާރުން އެހެން ރިބްރޯޑްކާސްޓިންގ ސަރވސް ބޭނުންކުރުމުގެ ބަދަލުގައި ދިރާގު ޓީވީއަށް ބަދަލުކުންކަމަށާއި މަލްޓިޕްލް ސަރިވިސް ދެމުންދާ ދިރާގުން މިކަން ކުރަމުންދަނީ ދިރާގުގެ އިންޓާރނެޓް ކަސްޓަމާރ ބޭސް ހިފަހަޓާ އަދި ރިބްރޯޑްކާސްޓް މަރކެޓް ތެރެއްއަށް ހިލޭ ޓީވީދީ ލިބިފައިވާ މާލީ ޤާބިލްކަމުގެ ފައިދާ ހިފާ ކްރޮސް ސަބްސިޑައިޒް އުސޫލްންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި ބޮޑެތި ކުންފުނިތަކާ ކުދި ވިޔަފާރިތަކާ ގުޅިގެން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އަދި އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި ކަމަކަށް ދެކިގެން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނާއި ބަދަލުގެ ސަބަބުން މިވާނީ ހޫނު ބަހުސްއަކަށް ގޮސްއެވެ. ބައެއް ފަހަރުވަކި ކަންކަމުގައި ދިވެހިންގެ މަސްލަހަތު މުހިންމު ވެއެވެ. ރީބްރޯޑްކާސްޓް ކުރަމުގައި ބައިވެރިވާ ގިނަ ވިޔަފާރިތަކުގެ މައިގަނޑު ޝަކުވާއަކީ އެތައް ހިދުމަތެއް ދެމުން އަންނަ ދިރާގުން އެންމެ ހިދުމަތެއް ދެމުން އަންނަ ބަޔަކާ ވާދަކުރުމަށް ގެންގުޅޭނެ އެކުޅުތަކާ މެދުއެވެ. ރާއްޖޭއަށް އެއާރޓެލް ވެސް ގެނަންވީއެވެ. ސާޓާރލިންކް އިންޓާރނެޓް ވެސް ގެނަންވީއެވެ. މިޔަދު ގެ ހަލާތަކީ ސިންގަލް ލައިސަންސްއަކާ ދިރާގުފަދަ މަލްޓިޕްލް ލައިސަންސް ހޯލްޑަރުގެ ވިޔަފާރިއާ ވަދަނުކުރެވި ރިބްރޯޑްކާސްޓް ކުރަމުންދާ 100 އެތައް ކުދި ވުޔާފާރިތަކަށް ވިޔާފަރި ކުރުމުގެ ދޮރުތައް ބަނދުވެ ބަނގުރޫޓް ވުމާ ހިސާބަށް ދިޔުމެވެ.
މި ލިއުމާއި ގުޅޭ