Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރިއުޅުމުގެ އަގު

އަހަރުގެ ދެވަނަ ކުއާޓާގައި ކާބޯތަކެއްޗާއި ބޭހުގެ އަގު ބޮޑުވި

މި އަހަރުގެ ދެވަނަ ކުއާޓާގައި ކާބޯތަކެއްޗާއި ބޭހުގެ އަގު އުފުލިފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ޝާއިއުކުރާ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގެ މި އަހަރުގެ ދެވަނަ ކުއާޓާއާ ގުޅޭ ބުލެޓިންގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ އިންފުލޭޝަން ރޭޓު ދެވަނަ ކުއާޓާގައި 2.9 އިންސައްތައަށް މަތިވެފައިވެއެވެ.

އަދި މައިގަނޑު ގޮތެއްގައި އިންފުލޭޝަން މަތިވެފައިވަނީ ކާބޯތަކެތީގެ އަގު ބޮޑުވުމާއި ހަކަތައިގެ އަގު އުފުލުމާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތަކުގެ އަގު މަތިވުމުގެ ސަބަބުންނެވެ. އަދި ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުނީ ބައިނަލްއަޤުވާމީ ބާޒާރުގައި އެ ތަކެތީތެ އަގު އުފުލުމާ ގުޅިގެންނެވެ.

ދެވަނަ ކުއާޓާގައި އިންފުލޭޝަން މަތިވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މަސް ހިމެނޭހެން ކާނާއާއި އަލްކަހޯލް ނުހިމެނޭ ބުއިންތަކުގެ އަގު އުފުލުމެވެ. އެގޮތުން އެ ބާވަތްތަކުގެ އަގު 4.5 އިންސައްތަ އުފުލިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެއްގަމު މަހާއި، މޭވާއާއި، ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކުގެ އަގަށް ބަލާއިރު މިއިން ކޮންމެ ބާވަތެއްގެ އަގު 0.2 އިންސައްތައިން މަތިވެފައިވާކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. އެއްގަމު މަހުގެ އަގު 22.1 އިންސައްތަ އުފުލުނުއިރު ކަނޑު މަހުގެ އަގުވަނީ 3.8 އިންސައްތަ މަތިވެފައެވެ.

ހަމައެހެންމެ ހަކަތައިގެ ދާއިރާއަކީވެސް 2 ވަނަ ކުއާޓާގައި އިންފުލޭޝަން މަތިވި އެއް ދާއިރާއެވެ. މި ކުއާޓާގައި ކަރަންޓުގެ އަގު 15.4 އިންސައްތަ މަތިވެފައިވާއިރު، ޕެޓުރޯލުގެ އަގުވަނީ 67.9 އިންސައްތައަށް އުފުލިފައެވެ.

ޞިއްޙީ ދާއިރާގެ އަގުތައް 4.4 އިންސައްތައަށް މަތިވިއިރު އެންމެ ބޮޑަށް އުފުލުނީ ބޭހުގެ އަގެވެ. އެގޮތުން ބޭހުގެ އަގުވަނީ 9.8 އިންސައްތަ މަތިވެފައެވެ.

މުދަލާއި ތަކެތީގެ އަގު އުފުލެމުން އަންނަނިކޮށް ސަރުކާރުންވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ނުވަތަ ޖީއެސްޓީ ބޮޑުކުރަން ނިންމާފައެވެ. އަދި މިިހާރު ޖީއެސްޓީ ރޭޓު 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވެއެވެ.

މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުންވަނީ އެ ބިލު ފާސްކުރުމަށް ތުރީލައިން ވިޕެއްވެސް ނެރެފައެވެ.

މި ލިއުމާއި ގުޅޭ