Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ފައިސާ ޗާޕުކުރުމަކީ ޑޮލަރުގެ އަގު އިތުރަށް އުފުލޭ ކަމެއް: އެމްއެމްއޭ

ސަރުކާރުގެ ބަޖެޓު ފައިނޭންސް ކުރުމުގެ ގޮތުން އެކި ފަހަރުމަތިން ޕީބީއޭ އޯވާޑްރޯކޮށް ފައިސާ ޗަޕު ކުރަމުން ދިއުމަކީ އެކްސްޗޭންޗް ރޭޓަށް އިތުރަށް ޕްރެޝަރު ބޮޑުވެ، ޑޮލަރުގެ އަގު އުފުލޭ ކަމެއް ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭއިން އެގޮތަށް ބުނީ 10.28 - 15.42 ރުފިޔާގެ ރޭޓުގައި ޑޮލަރު ނުލިބޭކަމަށް ވާއިރު، އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމަށް މަސައްކަތް އެ އޮތޯރިޓީއަށް އެންމެ ރަނގަޅަށް ފުރިހަމަ ނުކުރެވެނީ ކީއްވެތޯ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލުގެ ޖަވާބު ހޯދުމަށް މަޖިލީހުގެ އިދާރާއިން އެދުމުން އެމްއެމްއޭއިން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ރާއްޖޭގެ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ބޭނުންކުތަމުންދާ މައިގަނޑު ޓާގެޓަކީ ރުފިޔާގެ އެކްސްޗޭންޖު ރޭޓު ކަމަށެވެ.
އެކްސްޗޭންޗު ރެޓު ކަނޑައެޅިފައިވާ ބޭންޑުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި އެ އިދާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ބޭންކިން ނިޒާމުގެ ތެރޭގައި ހުންނަ ދައުރުވަމުންދާ ދިވެހި ރުފިޔާ ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީ (އޯޑީއެފް) މެދުވެރިކޮށް މެނޭޖްކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އަދި އިންފްލޭޝަނަރީ ޕްރެޝަރު ކުރިމަތިވާ ހިނދެއްގައި އެމްއެމްއޭގެ އޯޕަން މާކެޓް އޮޕަރޭޝަން މެދުވެތިކޮށް ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވަމުންދާ އިތުރު ފައިސާ މޮޕް-އަޕް ކުރުމަށް ތައްޔާރަށް އޮތް ކަމަށާއި، ފޮރިން އެކްސްޗޭންޖު އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ވިޔަފާރި ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ބޭރު ފައިސާ އެމްއެމްއޭއިން ފޯރުކޮށްދިނުމުގެ ސަބަބުން އެކްސްޗޭންޖު ރޭޓަށް އޮތް ޕްރެޝަރު ކޮންމެވެސް ވަރަކަށް ކުޑަވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

"އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމުގެ ގޮތުން އެކި ފަހަރު މަތިން ޕީބީއޭ އޯވާ ޑްރޯކޮށް ފައިސާ ވާޕު ކުރަމުން ދިއުމަކީ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ އެކްސެސް ލިކުއިޑިޓީ އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އިތުރު ޕްރެޝަރު ބޮޑުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރަމެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ފައިސާ ޗާޕުކޮށްފަ އެވެ. އޭގެ އިތުރަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ދީ، ކުރިން ޗާޕުކުރި ފައިސާ އަނބުރާ ދައްކަން 50 އަހަރު މުއްދަތެއް ދޭން މިދިޔަ ނޮވެމްބަރު މަހު މަޖިލީހުން ފާސްކުރި އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރރު ޕީބީއޭ އޯވާ ޑްރޯކޮށް ފައިސާ ޗާޕުކުރުމުގެ ހުއްދައަށް އެދި ސަރުކާރުން މަޖިލީހަށް ހުށަހެޅުމްނާއި އަދި އެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމާ ގުޅިގެން އެ އޮތޯރިޓީން ދިން ލަފާތުގައިވެސް އޭގެ ސަބަވުން އެކްސްޗޭންޗް ރޭޓަށް ޕްރެޝަރު ބޮޑުވާނެކަން ފާހަގަކުރި އެވެ.
"މީގެ އިތުރުން ސަރުކާރާއި ސަރުކާރުގެ ގެރެންޓީއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރަސްމީ ރިޒާވުން ހަރަދުކުރަންޖެހޭ މިންވަރު އިތުރުވެފައިވުމަކީ ރިޒާވް އިތުރުމަށް ކުރިމަތިވެފައިވާ ހުރަހެއް،" ކަމަށާއި އެގޮތަށް ސަރުކާރަށް ލަފާދީފައިވާކަން ވެސް އެމްއެމްއޭ އިން ފާހަގަކުރި އެވެ.
މި ލިއުމާއި ގުޅޭ