އައްޑޫ ސިޓީގައި ކަރަންޓާއި، ސާފު ބޯފެން އަދި ގޭހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އިންޑިއާ ކުންފުންޏަކާއި މަޝްވަރާކުރަން ފަށައިފިއެވެ.
މަހާސަކްތީ ބައޯއެނާރކޮން ނަމަކަށް ކިޔާ މި ކުންފުނިން ވަނީ އައްޑޫ ސިޓީގައި ދެ ފިޔަަވައްސަކަށް ބަހާލައިގެން ބައޯ ގޭސް ޕްލާންޓުތައް ތަރައްޤީކުރުމަށް ހުށަހަޅާފައެވެ. މި މަޝްރޫއުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ދުވާލަކު 5 މެގަވޯޓުގެ ކަރަންޓާއި، 60 ޓަނު ގަސް ކާނާ އަދި 20 ޓަނު ބޯފެން އުފައްދާ ބައޯގޭސް ޕްލާންޓެއް ޤާއިމްކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ދުވާލަކު 4 ޓަނު ގޭސް އުފެއްދޭ ޕްލާންޓެއް ޤާއިމްކުރަން އެ ކުންފުނިން ހުށަހަޅާފައިވެއެވެ.
މިކަންކަމުގެ ބަދަލެއްގެ ގޮތުން އެ ކުންފުނިން ވަނީ ސަރުކާރަކަށް ގިނަ ކަންތައްތައް ހުށަހަޅާފައެވެ. އޭގެތެރެއިން ބައެއް ކަންތައްތައް:
މަހާސަކްތީ ގުރޫޕަކީ އިންޑިއާގެ ޓަމިލް ނާޑޫއަށް ނިސްބަތްވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދިގެން އައީ ޓެކްސްޓައިލް ކުންފުންޏެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިހާރު އެ ކުންފުނިން އެހެން ބައިވަރު ދާއިރާތަކުގައި ވިޔަފާރިތައް ހިންގައެވެ.