Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްޕީއާރުސީ ޚިޔާނާތް

އެމްއެމްޕީއާރްސީ ހިޔާނާތް: ރިޔާޒްގެ މަސްލަހަތު އޮންނަ ކުންފުންޏެއް އޭސީސީއަށް ހާޒިރުކުރަނީ

ތ. ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

އޭސީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެ ކޮމިޝަނަށް މީހަކު ހާޒިރުވާން މީގެ ކުރިންވެސް އެންގި ކަމަށެވެ.
އެކަމަކު އެ މުއްދަތުގައި ކުންފުނީގެ ފަރާތުން އެއްވެސް މީހަކު ހާޒިރުވެފައިނުވާތީ އަނެއްކާވެސް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ކަށް ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން މީހަކު އޭސީސީއަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އޭސީސީއިން ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ރިޔާޒް ރަޝީދުގެ އިތުރުން ޕޮޕިއުލާ މޯލްޑިވްސް ހިމެނޭ ކަން އެނގިފައިވެ އެވެ.
ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށް މީގެ ކުރިން އޭސީސީއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.
މި ލިއުމާއި ގުޅޭ