Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ވޯލްޑް ކަޕް ދައްކަން ޕީއެސްއެމުން މީޑިއާނެޓާއެކު އެއްބަސްވެއްޖެ

އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗުތައް ދެއްކުމަޓަކައި ޕީއެސްއެމުން މީޑިއާނެޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ. މީޑިއާނެޓުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއުއެވެ.

ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ހާލިދު ވިދާޅުވީ ވޯލްޑް ކަޕް ދެއްކުމަށް ވާން ޖެހޭ ތައްޔާރީތައް އެ ކުންފުނިން ވަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާކަމަށެވެ.

ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ވަނީ ރޭވިފައެވެ.

މި ލިއުމާއި ގުޅޭ