Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުފްތީ މެންކް

މުފްތީ މެންކް މި މަހު 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހު 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މި 28 އިން 31 އަށް މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި ފުވައްމުލަކާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި ދީނީ ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ދުވަހުގެ ހުތުބާގެ މައުޟޫއަކީ "ﷲ ސުބްހާނަހޫ ވަތައާލާ އާއި އޮންނަ ގުޅުން އިޔާދަކޮށްލާ" އެވެ.

މެންކްގެ ދަތުރުފުޅުގައި ތިން ރަށެއްގައި ދަރުސް ދެއްވާނެ އެވެ. އެގޮތުން 28 ވަނަ ދުވަހުގެ ރޭ މާލޭގެ އަލިމަސް ކާނިވަލުގައި އަދި 29 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސްޓޭޑިއަމްގައި ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ސިޓީ ސްކޮއާގައި އަދި 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެންކް ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. ކޮންމެ ދަރުސްއެއްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:45 ގައެވެ.

މީގެ ކުރި 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓަރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ދަރުސް ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ