Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަދާލަތު ޕާޓީ

ސަލްމާން މިސްކިތުގެ އިމާމަކަށް ފުރަތަމަ ހަމަޖައްސަން އުޅުނު ފަރާތަށް ޝަރުތުކުރީ އަދާލަތު ޕާޓީއަށް ވަންނަން

ސަލްމާން މިސްކިތުގެ އިމާމެއްގެ ގޮތުގައި މީގެ ކުރިން ނަގަން ހަމަޖެއްސި ފަރާތް އަދާލަތު ޕާޓީއަށް ވަންނަން މަޖުބޫރު ކުރުވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި އެ މިސްކިތް ހުޅުވުމުގެ ކުރިން އިމާމަކު ނެގުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތްކުރިއިރު، ރާއްޖޭގައި މިހާރުތިއްބެވި ޝެއިޚުން އަދި ޤާރީންގެ ތެރެއިން އެންމެ ކިޔެވުން ރީތި އަދި މަދީނާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޤުރްއާން އިން ޑިގްރީ ހައްދަވައިގެން ވަޑައިގެން ހުންނެވި ބޭފުޅަކު ކުރިމަތިލުމުން ޝަރުޠު ކުރީ ޢަދާލަތު ޕާޓީއަށް ވަންނަންށެވެ.

" އެ ފަރާތުން އެއްވެސް ޕާޓީއަކަށް ވަންނަން ބޭނުން ނޫން ކަމަށް ބުނުމުން އެބޭފުޅާ އިމާމަކަށް ހަމަނުޖެއްސި" އެ ބޭފުޅާ ވިދާޅުވިއެވެ.

މިހާރު އޭގެ ފަހުން އެ މަޤާމަށް ވަނީ ޝެއިހް އިލްޔާސްގެ ދަރިފުޅު އައްމާރު އިލްޔާސް ހަމަޖައްސާފައެވެ. އަދި މަޤާމުގެ މުސާރައިގެ ގޮތުގައި 35000 ރުފިޔާ ކޮންމެ މަހަކު ދެއެވެ.

ޝައިޚް އިލްޔާސަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަން ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްކުރައްވައި ތަފާތު ގިނަ ވާހަކަތަކެއް ދެއްކެވި ބޭފުޅެކެވެ. އެގޮތުން 2018 ވަނަ އަހަރު އައްޑޫގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ޑރ..އަފްރާޝީމް އަލީގެ ޤަތުލާ ގުޅިގެން ގިނަ ބަޔަކު ޤަތުލުކޮށްފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ދުޢާ ދެއްވި ފަދަ ވެރިއެއް ކަމަށްވެސް އެއިރު ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޝައިޚް އިލްޔާސަށް މެލޭޝިޔާގައި ހުންނަ އެމްބަސީން މަޤާމެއް ދީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދީފައިވެއެވެ. މުސާރަނުލިބޭ ގޮތަށް ދިން މި މަޤާމުގެ ބޭނުމަކީ މެލޭޝިޔާގައި ޑިޕްލޮމެޓިކް ވިސާގައި ދިރިއުޅުއްވޭނެ ގޮތް ހަމަޖެއްސުންކަމަށް އިލްޔާސް ވިދާޅުވިއެވެ.


މި ލިއުމާއި ގުޅޭ