Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

"ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް ދަޅަ ދައްކަން"

ފަނޑިޔާރުންގެ ގާނޫނޫތަކަށް އިސްލާހުގެނައުމުގެ ވާހަކައަކީ ރައްޔިތުންނަށް ދަޅަ ދެއްކުމަށްޓަކައި މި ސަރުކާރުން ދައްކާވާހަކައެއްކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު ސެމްބެ މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ސެމްބެ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނޫތަކަށް ފުލުފުލުގައި އިސްލާހުތައް ގެންނަނީ ފަނޑިޔާރުންގެ ގެޔަކީ އެމްޑީޕީގެ ހަރުގެއަށް ހެދުމަށްޓަކައިކަމަށެވެ.

ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކައަކީ މި ސަރުކާރު އައުމުގެ ކުރިން އެންމެ ވަރުގަދައަށް ދެއްކި ވާހަކަކަން ފާހަގަކުރައްވާ ސެމްބެ ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އެންމެ ވަރުގަދަ އެއް ވައުދުވެސްކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށްޓަކައި ހަތަރު އަހަރަކީ މަދު ދުވަސްތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ފެށިގެން އެދަނީ ރައްޔިތުންނަށް ދަޅަ ދެއްކުމަށްޓަކައި ރައްޔިތުންނަށް އެމްޑީޕީގެ ބޮޑު މަންޒަރު ދެއްކުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއް" ސެމްބެ ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ރައްޔިތުންގެ ކުރިމައްޗަށް ގެނެސްފައިވަނީ އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއްނެތި ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ހަމައެކަނި ހުށަހެޅި ހުށަހެޅުމެއްގެ ގޮތުގައިކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް މީގެ ކުރިން ކޮށްފައި ނުވުމުން އެކަން ރައްޔިތުންނަށް ސާފުވާކަމަށެވެ.

"އޭރުގައި އެބުނާ މަޝްވަރާތަކާއި އޭރު އެބުނާ ލަފާތަކާއި އޭރު އެބުނި ދިރާސާތައް ނުކުރެވި މިއަދު ކުއްލިގޮތަކަށް މިކަން ކުރަންފެށީމައި ދިވެހި ރައްޔިތުންނަށް ސާފުވެގެން މިދިޔައީ އެމްޑީޕީން ވީއެއްވެސް ވައުދަނީ ތެދުވެރި އިހްލާސްތެރިކަމެއް އޮވެގެން ވީ ވައުދުތަކެއް ނޫންކަން" ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ތުހުމަތުކުރެއްވި ގޮތުގައި ފަނޑިރާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން ހުށަހަޅާފައިވަނީ އެއްވެސް އިހްލާސްތެރި ނިޔަތެއް އޮވެގެން ނޫނެވެ.

މި ލިއުމާއި ގުޅޭ