Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޗައިނާއާއެކު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު، ރައީސް ޔާމީންގެ މެސެޖެއް ރައީސް ޝީ ޖިންޕިންއަށް!

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން، ޝީ ޖިންޕިންގއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީންގެ އެ މެސެޖުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮތް އޮތުން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާގެ އެހީގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ 'ވަން ޗައިނާ' ސިޔާސަތަށް އަބަދުވެސް ތާއިދު ކުރައްވާނެ ކަމަށާއި ބޭރުގެ ނުފޫޒުން ޗައިނާގެ ރައްޔިތުންނާއި ގައުމުގެ އިން ރައްކާތެރިކުރުމުގެ ހައްގު އެއްވެސް ޝަރުތަކާ ނުލައި އެގައުމަށް ލިބިގެންވާކަން ގަބޫލު ކުރައްވާ ކަމަށެވެ.

މީގެއިތުރުން މުސްތަގުބަލުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދޭ މިންވަރު އިތުރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޗެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ