Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓްރީގެ ބަޖެޓު ހުސްވެއްޖެ

ޑިފެންސް މިނިސްޓްރީއަށް މި އަހަރު ކަނޑައަޅާފައިވާ ބަޖެޓު އެއްކޮށް ހުސްވެ، އިތުރަށް ބޭނުންކޮށްފި އެވެ.

އެ މިނިސްޓްރީއަށް މިއަހަރު ކަނޑައަޅާފައިވަނީ 17.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު ހައެއްގެ ނިޔަލަށް ޑިފެންސުން ވަނީ 22.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
އެހެންކަމުން، އަހަރު ނިމެން ބާކީ ދެ މަސް އޮތް އިރު، މުޅި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ފަސް މިލިއަން ރުފިޔާ އެ މިނިސްޓްރީން މިހާރު ވަނީ ހަރަދުކޮށްފަ އެވެ.
މިއަހަރު ފެށިގެން އޮކްޓޯބަރު ހައެއްގެ ނިޔަލަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޑިފެންސް މިނިސްޓްރީން ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ މިނިސްޓްރީން އެންމެ ނުވަ މިލިއަނެވެ.
ޑިފެންސް މިނިސްޓްރީގެ ބަޖެޓުގެ އިތުރުން، ގައުމީ ހެލްތު އިންޝުރެންސް ސްކީމް، އާސަންދައަށް ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓު ވެސް މިދިޔަ ޖޫން މަހު ވަނީ ހުސްވެފަ އެވެ.
އާސަންދައަށް 370 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތް އިރު، މިހާތަނަށް އެ ކުންފުނިން ވަނީ 1،325.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ