Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ޖޫރިމަނާގެ ގޮތުގައި 196 މިލިއަން ރުފިޔާގެ އާމްދަނީ ސަރުކާރަށް ލިބިއްޖެ

ޖޫރިމަނާގެ ގޮތުގައި 196 މިލިއަން ރުފިޔާގެ އާމްދަނީ ސަރުކާރަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 196 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ.

މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާއެވެ. އެކަމަކު މިހާތަނަށް 196 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ ގާތްގަނޑަކަށް 134 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރާ އަޅައި ބަލާއިރު 31 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވަނީ ޖޫރިމަނާކޮށްގެން އާމްދަނީ ހޯދުން ހުއްޓައިލައްވާނެ ކަމަށެވެ. އަދި ޕާކުކުރާނެ ތަނެއް ނުދައްކައި ޕާކިން ޖޫރިމަނާ ނުނަންގަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.
ނަމަވެސް ޖޫރިމަނާގެ ގޮތުގައި އާންމުންގެ އަތުން ފައިސާ ނަގާ މިންވަރު އިތުރުވަމުން އަންނައިރު، މުއްސަނދި ވިޔަފާރިވެރިންގެ ރިސޯޓުތަކާއި ވިޔަފާރިތަކުން ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ވަރަށް ގިނައިން މާފުކޮށްދެއެވެ.
މި ލިއުމާއި ގުޅޭ