Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ނޮމިނޭޓްވެއްޖެ

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް އަނެއްކާވެސް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދީ ރާއްޖެކަމަށްވާއިރު މި އަހަރުގެ އެވޯޑް ކާމިޔާބުކޮށްފި ނަމަ އެ އެވޯޑް ރާއްޖެ އަށް މިލްކުވާނެއެވެ.

މި އެވޯޑުގެ އިތުރުން ޑަބްލިއުޓީއޭގެ އެވޯޑް ކެޓަގަރީގެ ޝަރަފުވެރި ގިނަ އެވޯޑުތަކަކަށް ރާއްޖެ ނޮމިނޭޓުވެފައިވެއެވެ. އެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު ވޯޓުލުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑަބްލިއުޓީއޯގެ ދުނިޔޭގެ ކެޓަގަރީގައި ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް މި ފަހަރު ރާއްޖެ ނޮމިނޭޓު ވެފައިވެއެވެ. އެއީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން، އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑްތަކެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީ ވެސް ވަނީ ވޯލްޑް ލީޑިން ޓޫރިސްޓު ބޯޑުގެ މަގާމަށް ނޮމިނޭޓު ވެފައެވެ. އެ ހުރިހާ އެވޯޑަކަށް، ޑަބްލިއުޓީއޯ ގެ ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެއެވެ. ޑަބްލިއުޓީއޭގެ އެވޯޑުތަކަކީ ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކެވެ.

މި ލިއުމާއި ގުޅޭ