Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

މުޣުނީގެ ވާހަކަތައް އިދިކޮޅު ކޯލިޝަންގެ ހިތަދޫ 3 ދާއިރާއިން ކުށްވެރި ކޮށްފި

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރަން ކުރާ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނެރެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ވިދާޅުވުމާއިގުޅިގެން އިދިކޮޅު ކޯލިޝަންގެ ހިތަދޫ 3 ދާއިރާއިން އެކަން ކުށްވެރި ކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ އައްޑޫ ހިތަދޫ 3 ދާއިރާގެ ސްޓިއަރިން ކޮމިޓީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިނީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިގްތިސާދީ ކޮމިޓީގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އައްޑޫ ސިޓީގެ ތަރައްޤީ އަށް އެއްވެސް ޕްލޭނެއް މި ސަރުކާރުގެ ނެތްކަން ފާހަގަކުރެވުނު ކަމަށެވެ.

ޚާއްސަކޮށް އައްޑޫ ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ އެންމެ ޕަސެންޓެއްވެސް ކުރިއަށް ގޮސްފައިނު ވާކަން ހިތާމައާއެކު ފާހަގަކުރާކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ދަރަންޏަށް 70 މިލިއަނެއްހައި އެމެރިކާ ޑޮލަރު ނަގައިގެން ބޮޑު މަޝްރޫޢެއް ހިންގުމަށް ސަރުކާރުން އިއުލާނުކޮށްފައިވީ ނަމަވެސްއައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެކަމާ ގުޅޭ އެކަށީ ގެންވާ ދިރާސާއެއް ނަހަދާ ކަންވެސް ފާހަގަކުރެވިފަވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ރިޒޯޓުތައް ނުހުޅުވި އެތައް ބައެއްގެ ވަޒީފާ ގެއްލި އެތަންތަން ވީރާނާވަމުންދާ އިރު ސަރުކާރުގެ އިސްވެރިން ރައްޔިތުންނަށް ޑޮލަރާއި ޕައުންޑުގެ ނަނާ ހުވަފެން ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް މިހާތަނަށް މި ސަރުކާރަށް ކުރެވިފައި ނުވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ އެއާޕޯޓު ތަރައްގީކޮށް ފަތުރުވެރިކަން ފުޅާކުރުމަށް 4 އަހަރުވީ އިރު ވެސް ޢަމަލީ ސިފައެއްނުޖެހި "މަސައްކަތްކުރެވެމުން" ދާކަމަށް ބުނުމަކީ އައްޑޫ އަށް މިސަރުކާރުން ވަމުންދާ ވަރަށްބޮޑު އިހުމާލެއް ކަމުގައި ދެކޭކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އަންގާރަ ދުވަހު ހުށައެޅި ޕްރެޒެންޓޭޝަންއާއި ގުޅިގެން އައްޑޫގެ ޓުއަރިޒަމްއާ ގުޅުވާ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކުރާ ޚަރަދާ އެއްވަރުގެ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ ބުނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިވާހަކަތަކުގައި އައްޑު އަށް ފަތުރުވެރިން އަންނަ މިންވަރަށްވުރެ ގިނައިން ހުވަދޫގައި އޮތް ޑޮމެސްޓިކް އެއާޕޯޓަށް ފަތުރުވެރިން އަންނަ ކަމަށްވެސް މުޣުނީ ބުނެފައިވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީ ވެގެން ދިއުމަކު މުޣުނީ ވަރަށް ކަން ބޮޑުވާ ކަމެއްކަން ތަކުރާރުކޮށް ފާހަގަކުރިކަމަށެވެ.

މެމްބަރު މުޣުނީއަކީ ގެވެށި އަނިޔާގެ ތުހުމަތު އޮތް ފަރާތެއް ކަމަށާއި އަދި ކޯވިޑް 19ގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޯވިޑް ޖައްސާފައި ކަމަށް ބުނި މަހަކު މިފަދަ ވާހަކަތަކެއް ދެއްކުމަކީ އެއްގޮތަކަށްވެސް ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

އައްޑޫ ސިޓ އަށް ނިސްބަތްވާ އެމްޑޕީގެ 7 މެމްބަރުން ތަމްސީލު ކުރާއިރު، އެމްޑީޕީގެ މެމްބަރަކު މިކަހަލަ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަދި މިއީ އެމްޑީޕީގެ އެއްވެސް ސަރުކާރެއްގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ ވިސްނުން ނެތްކަން ހާމަވާކަމެކެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުން ވޯޓު ދީގެން ހޮވާފައިތިބި އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުން އެއްވެސް ގޮތަކަށް "ރިއެކްޓް" ނުކުރެއްވުމަކީ އެބޭފުޅުން ކޮންމެވެސް ކަހަލަ ތާށިކަމެއްގައި އަނގަޔާއި ދޫ ބަންދުވެފައި ތިބިކަމަށް ބެލެވޭ ކަމަށެވެ.

އަދި އައްޑޫ ސިޓީ އިން މެޖޯރިޓީ ދިން ޕާޓީގެ އިޚްލާސްތެރިކަމެއް ތެދުވެރިކަމެއް ނެތްކަމުގެ ހަގީގީ މަންޒަރު ހާމަވާކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ މިހާރު އަނެއްކާވެސް އައްޑޫ ސިޓ ތަރައްގީ ކުރާވާހަކަ އެމްޑީޕީން ދައްކަމުން މިދަނީ ރިޔާސީ އިންތިޚާބާ ގާތްވުމުން ކަމަށެވެ.

އެހެންކަމުން މުޣުނީގެ މިވާހަކަތަކާއި މިސަރުކާރުން އައްޑީ ސިޓީއަށް ވަމުންދާ އިހުމާލު އައްޑޫ ސިޓީގެ ތަރައްގީއަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ ނަމުގައި ކުށްވެރި ކުރާ ކަމަށެވެ. އައްޑޫ ސިޓީ ތަރައްގީކު ރުމުގައި ރައީސް ޔާމީންގެ ފުރިހަމަ ވިޝަންއެއް އެބައޮތް ކަމަށެވެ.

އެގޮތުން ސްޕޯޓްސް ޓްއަރިޒަމް އާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަދި ތަރައްގީގެ އެކި ރޮނގުތަކުން އައްޑޫ އަށް ކުރިއެރުން ހޯދައިދެވޭނީ ރައީސް ޔާމީން އަށް ކަމަށެވެ.

އެހެންކަމުން ވަކި ސިޔާސ ފިކުރަކަށް ބެލުމެއްނެތި އައްޑޫ ސިޓީގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއަށް އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ