Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް ސޯލިހްގެ ދެކަނބަލުން މި އަހަރު 4 ވަނަ ފަހަރަށް ސިންގަޕޫރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. މިއީ ރައީސް ސޯލިހްގެ ދެކަނބަލުން މި އަހަރު ތެރޭ ސިންގަޕޫރަށް ވަޑައިގަންނަވާ 4 ވަނަ ފަހަރެވެ. މީގެ ކުރިން 10 ފެބްރުއަރީ، 23 ފެބްރުއަރީ އަދި 15 އޭޕްރިލްގައިވެސް ރައީސް ސޯލިހްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ރައީސް ސޯލިހަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް އެންމެ ގިނައިން ދަތުރުކުރެއްވި ރައީސްއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު ދަތުރުތަކަށް 168 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. މި އަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ޖުމްލަ 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތައް ކުރައްވާފަ އެވެ. މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ