Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އަރުޝަދު ލަންކާއިން އައުމުން ރާއްޖެއިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ރާއްޖެ ގެނެސް ހައްޔަރު ކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި މީހަކީ އަރުޝަދުކަމަށް ތުހުމަތު އޮތް އިރު އެ ޑްރަގުތައް ރާއްޖެއަށް އެތެރެކުރުމަށް ފަހު އަރުޝަދު ދުބާއީއަށް ގޮސް ފިލައިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. ފުލުހުން ބުނިގޮތުގައި އޭނާ ފަހުން ދިރިއުޅެމުން ދިޔައީ ދުބާއީގައެވެ.

މައުލޫމާތު ލިބޭގޮތުގައި ދުބާއީގައި އުޅުމަށް ފަހު އަރުޝަދު ލަންކާއަށް ދިއުމުން އެ ގައުމުން ވަނީ އޭނާ ޑީޕޯޓުކޮށްލާފައެވެ. އަދި ޑީޕޯޓުކޮށްލުމުން އޭނާ ރާއްޖެ އައުމުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ ހައި ކޯޓުގެ އަމުރެއް ތަންފީޒު ކުރުމަށް އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ވަނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް އެފަހަރު ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ.

މި ލިއުމާއި ގުޅޭ