Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ދައުލަތުގެ ރިޒާވް ބޮޑުތަނުން ދަށަށް!

ފާއިތުވި ސެޕްޓެމްބަރު މަހުވެސް ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 540 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 194 މިލިއަން ޑޮލަރެވެ.
މިއަހަރާއި މިދިޔަ އަހަރު ވެސް ޖުމްލަ ރިޒާވް އަދި މިހާ ދަށަށް ނުދެ އެވެ. އޮގަސްޓު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ކަމުން އެއް މަހުގެ ތެރޭގައި ބޭނުން ކުރެވޭ ރިޒާވުން މިވަނީ 50 މިލިއަން ޑޮލަރު މަދުވެފަ އެވެ.
ފާއިތުވި ހަތަރު މަހުވެސް ބޭނުން ކުރެވޭ ރިޒާވް އެއް މަހަށް ވުރެ އަނެއް މަސް ވަނީ ދަށަށް ގޮސްފަ އެވެ.
މި އަހަރު އަހަރު ފެށުނު އިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި 371 މިލިއަން ޑޮލަރު ހުއްޓެވެ. އޭރާއި ބަލާއިރު މިހާރު ރިޒާވުން މިވަނީ 177 މިލިއަން ޑޮލަރު މަދުވެފައެވެ. އެއީ 2.7 ބިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ ރިޒާވްގެ ހާލަތު ގޯސްވަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަން އިންވެސް ވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް ހުސްވެ, ގައުމު ސޮވެރިން ޑިފޯލްޓަކަށް ގޮސްދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ދިވެހި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ ވެސް ވަނީ ސްރީލަންކާއަށް ކުރިމަތިވިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ދިވެހި ސަރުކާރުގެ އިސްވެރިން އެވަހާކަތަކަށް ދެކޮޅުހަދަ އެވެ.
މި ލިއުމާއި ގުޅޭ