Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

މިދިޔަ އޮގަސްޓު މަހު ޓޫރިސްޓުން ޒިޔާރާތްކުރި މިންވަރު 8 އިންސައްތަ ދަށްވެއްޖެ

މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބެޑްނައިޓްސް ހަ އިންސައްތަ ވަނީ އިތުރުވެފަ އެވެ. އެކަމަކު ފަތުރުވެރިން ޒިޔާރާތްކުރި މިންވަރު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅައި ބަލާއިރު މި އަހަރު ވަނީ އަށް އިންސައްތަ ދަށްވެފަ އެވެ.
މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރީ 131,862 ފަތުރުވެރިންނެވެ.
އެ މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިއާ، އިންޑިއާ، ޔޫކޭ، އިޓަލީ އަދި ޖާމަނީންނެވެ. ޓޮޕް މާކެޓުގެ ގޮތުގައި ރަޝިއާ އޮތް އިރު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް %9 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ތަފާސްހިސާބުން ދައްކާގޮތުން މި އަހަރުގެ އޮގަސްޓް މަހު އޮކިއުޕެންސީ ރޭޓް ވެސް ވަނީ %59 ޕަސެންޓު ދަށްވެފަ އެވެ.
މި ލިއުމާއި ގުޅޭ