Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ވިލިމާލޭގައި ބެޓެރި ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ވިލިމާލޭގައި ބެޓެރި ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ވިލިމާލޭގައި މިހާރު ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަދަދު މަދުވުމާ ގުޅިގެން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި މި މައްސަލަ ހައްލުކުރުމުގެ ގޮތުން ވިލިމާލޭގައި ބެޓެރީ ޓެކްސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

ތެޔޮ އަންދައިގެން ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ހެދުނު 10:00 ގެ ކުރިން ސިޓީ ކައުންސިލުގެ އިދާރާއަށް ދާން ޖެހޭނެއެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާގޮތުން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެދުނު 10:00 އަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ހިދުމަތް ދިނުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓުތަކަށެވެ.

މި ލިއުމާއި ގުޅޭ