Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަމިއްޔަތުއް ސަލަފް

ޖުވާހުއްދަ ކުރަން ސަރުކާރުން ކުރާ މަސައްކަތާއި ގުޅިގެން ސަލަފުގެ ރައީސްގެ ވަރުގަދަ ރައްދެއް!

ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުން އެއްވެސް ގަވާއިދަކުން މަނާ ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ރިސޯޓުތަކުގައި ޕްރޮފިޓް ނުލިބޭ ކުޅިވަރުތައް ހިންގުމުގެ ބަދަލުގައި ކެސިނޯ ލައިސަންސް ދޭންޖެހޭ ކަމަށް ވިދާޅުވެ ޖާބިރު ސުވާލު ކުރެއްވީ، ކެސިނޯ އެޅުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ އާއި އެކަން ކުރުން މަނާކުރަނީ ކޮންތާކުންތޯ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރު މަހްލޫފަށް ފުރުސަތު އަރުވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކެސިނޯ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރާ ކަމަށާއި، އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާ، އުއްމަތުގެ އިޖްމާޢު އިން ޙަރާމްކަމެއް ކަމަށެވެ.

އަދި އެކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވާ ކަމަށް ވެސް ސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވެފައިވެއެވެ.

އަދި އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާއްމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާފަދައިން، އެހެނޭ ކިޔާފައި ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް އިލްތިމާސްކުރައްވާ ކަމަށް ޝެއިޚް އަބްދުﷲ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝެއިޚް އަބްދުﷲ ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީ ވަކިވަރަކަށް ކަމަށާއި، ހެޔޮ ޤާނޫނުތަކުގެބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން ރައްޔިތުން އަބަދު ތިބޭނެކަމަށް ހީކޮށްގެން ނުތިބުމަށް ޝެއިޚް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެއިރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުން ކަމަށް ވެސް ޝެއިޚް އަބްދުﷲ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް އަބްދުﷲ

މިއަދުގެ ޖަލްސާގައި ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ ރިސޯޓުތަކުގައި ރާ ވިއްކުން ހުއްދަ ކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށެވެ.

"ރާ ވިއްކުން ހަރާމެއް ނޫނޭ، ކެސީނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް އެ ހަރާމެއް ނުކުރެވޭނެ،" މަހުލޫފު ވިދާޅުވެފައިވެ އެވެ.

މި ލިއުމާއި ގުޅޭ