Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ޕީއެސްއެމް އިން ވައްކަންކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އައްޑޫ ސިޓީ މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކުރިކަމުގެ ތުހުމަތުކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން ވައްކަމުގެ މައްސަލައެއްގައެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އެމީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެއިދާރާއިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ހުންނަ ޕީއެސްއެމްގެ ބްރާންޗް ފަޅާލައި އެތަނުން ބައެއް ސާމާނު ވަގަށް ނެގީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ އޮފީހުން ވަގަށް ނަގާފައިވަނީ ލެޕްޓޮޕަކާއި ޕްރިންޓަރެއްގެ އިތުރުން އޮފީހުގައި ހަރުކުރަން ބާއްވާފައި އޮތް އޭސީއެކެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެންމެ މީހަކު މަސައްކަތް ކުރަމުންދާ އެ އޮފީހުގައި ސެކިއުރިޓީ ބަލަހައްޓަނީ ސީސީޓީވީ ކެމެރާއިންނެވެ.

މި ލިއުމާއި ގުޅޭ