Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

"އިންސާފުގެ" ދަތުރޭ ކިޔައިގެން އައި ވެރިކަން ނިމެނީ، ވައުދުތައް މިދަނީ ބޮނޑުނަގުލަށް: ޣައްސާން

އިންސާފުގެ ދަތުރޭ ކިޔައިގެން އައި މި ވެރިކަން ނިމެން މިހާރު އޮތީ އެންމެ އަހަރެއްކަމަށާއި، މިސަރުކާރުންވީ ވައުދުތައް މިދަނީ ބޮޑުނަގުލަށް ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލިތާ 10 އަހަރު ވެގެންދާއިރު އެމަރުގެ ހަގީގަތް ހޯދުމުގެ ނަމުގައި ވެރިކަމަށް އައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާ ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ގަދަޔަށް ދެއްކި ވާހަކަ އަކީ ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ހަގީގަތް ހޯދައި އެމަރުތަކަށް އިންސާފު ހޯދައި ދިނުމެވެ.

އެގޮތުން އެފަދަ މީހުންގެ މަރުގެ ޒިންމާ އޭރުގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އިސްތަށިފުޅުގައި އެޅުވިއެވެ. އަދި އެފަދަ ހެކިތައް ހުރި ކަމަށް މިސަރުކާރުގެ ހޯމިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ކެމްޕއެިންގެ ތެރޭގައި ވިދާޅުވެފައެވެ.

ނަމަވެސް ވެރިކަމަށް އައިސް ވަޒީރުކަން ލިބިވަޑައިގަތުމުން ކުރިން ދެއްކެވި ވާހަކަތައް އެހެންގޮތަކަށް ބަދަލު ކުރެއްވިއެވެ.

އެފަދަ އެއްވެސް މަރެއް ހޯދިފައި ނުވާއިރު އެމީހުންގެ އާއިލާތަކުން އަންނަނީ އެމަރުތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ގޮވައިލަމުންނެވެ.

މީގެ 10 ވަރަކަށް ދުވަސް ކުރިން ގެއްލިގެން ހޯދި ޒުވާނަކު މަރުވެފައި އޮއްވައި، މިއަދު ވަނީ ފެނިފައެވެ. އެމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ