Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރިމިއަރ ލީގް

ޓޮޓެމްހަމް އަތުން އާސެނަލް އަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލް ކުޅުނު މެޗް 3-1 ގެ ނަތީޖާ އަކުން އާސެނަލް މޮޅު ވެއްޖެއެވެ.

ލަންޑަންގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މި މެޗުގެ ލީޑު ނެގީވެސް އާސެނަލްއިން އިންނެވެ. މި ލަނޑު އެޓީމަށް މެޗްގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތޯމަސް ޕާޓޭއެވެ.

ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ އާސެނަލްގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ރެފުރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ 49 ވަނަ މިނެޓުގައި ގެބްރިއަލް ވަނީ އާސެނަލް އަށް ލީޑް ފުޅާކޮށްދީފައެވެ. މި ލަނޑަކީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ހެދި ގޯހަކުން ޖެހި ގޯލެކެވެ.

މެޗްގެ 67 ވަނަ މިނެޓުގައި އާސެނަލްގެ ގްރެނިޓް ޝާކާ ވަނީ އާސެނަލް އަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާ އެކުގައި އާސެނަލް އަށް ކުޅުނު 8 މެޗުން 21 ޕޮއިންޓް ހޯދައި، ތާވަލްގެ އެއް ވަނައިގައި ވަނީ ހަމަޖެހިލައިފައެވެ. އަދި ހަމަ އެއާއެކު މިއީ މިފަހަރުގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމްވި ފުރަތަމަ ފަހަރެވެ.

ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 17 ޕޮއިންޓް ލިބިފައެވެ.

މި ލިއުމާއި ގުޅޭ