Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެސްލާ

ޓެސްލާ ކުންފުނީގެ ހިއުމަނޮއިޑް ރޮބަޓު ފުރަތަމަ ފަހަރަށް ދައްކާލައިފި

ޓެސްލާ ކުންފުނިން އުފެއްދި ފުރަތަމަ އެ ކުންފުނީގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް އެ ކުންފުނިން ހުކުރުދުވަހު ދައްކާލައިފިއެވެ.

ޓެސްލާ ކުންފުނިން ހުކުރުވަހުގައި ބޭއްވި "އޭއައި ޑޭ" ނުވަތަ މަސްނޫއީ ވިސްނުމުގެ ދުވަހުގައި އެ ރޮބޮޓު ދައްކައިލުމާއެކު އެ ކުންފުނީގެ ސީއީއޯ އީލަން މަސްކު ބުނެފައިވަނީ މިހާރު އެހެން ކުންފުނިތަކުން އުފައްދާފައިވާ ރޮބޮޓުތަކުގައި ސިކުނޑިއެއް ނުހުންނަ ކަމަށެވެ. ނަމަވެސް ޓެސްލާއިން އުފައްދާފައިވާ އޮޕްޓިމަސް ރޮބޮޓަކީ ވަރަށް ޤާބިލު ރޮބޮޓަކަށްވާނެ ކަމަށާއި، 20،000 އެމެރިކާ ޑޮލަރަށް އެ ރޮބޮޓު ވިއްކުމާއެކު، އޮޕްޓިމަސްގެ އެތައް މިލިއަން ރޮބޮޓެއް އުފެއްދުމަކީ އެ ކުންފުނީގެ އުންމީދުކަމަށް މަސްކު ބުންޏެވެ.

ޓެސްލާއިން އެންމެ ފުރަތަމަ އެ ކުންފުނީގެ ރޮބޮޓުގެ ޕްރޮޓޯޓައިޕެއް ބިނާކޮށް ނިންމާފައިވާކަން އިއުލާނުކުރީ ފެބްރުއަރީގައެވެ. ހުކުރުދުވަހު އޮތް ހަރަކާތުގެ ބައިވެރިންގެ ތެރެއަށް އެ ރޮބޮޓުގެ މޮޑެލްއެއް ނިކުމެ ހަނާއަޅާފައިވެއެވެ. އަދި އެ ރޮބޮޓުން ކުދިކުދި ބައެއް މަސައްކަތްކުރާ ވީޑިއޯއެއް އެ އެއްވުމުގައި ޓެސްލާއިން ދައްކާލާފައިވެއެވެ.

އެ ވީޑިއޯގައި ގަސްތަކަށް އެ ރޮބޮޓު ފެންދޭ މަންޒަރާއި ފޮށިތަކެއް އުފުލައި، ކެލިފޯނިއާގައި ހުންނަ ޓެސްލާގެ ކާރުޚާނާއެއްގައި ދަގަނޑު ބުރިތަކެއް އުފުލާ މަންޒަރު ފެނެއެވެ.

މަސްކާއި ޓެސްލާގެ މަންދޫބުންވެސް އެއްބަސްވި ގޮތުގައި ފުޅާދާއިރާއެއްގައި، ހެޔޮ އަގެއްގައި ވިއްކަން، ޓެސްލާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދުކޮށްފައިވާ ރޮބޮޓުތައް އުފެއްދުމަށް އަދި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.

ކާރު އުފައްދާ އެހެން ކުންފުނިތައް ކަމުގައިވާ ޓޮޔޯޓާއާއި ހޮންޑާއިންވަނީ ބައެއް ބާވަތުގެ އުދަގޫ ކަންކަން ކުރެވޭ ހިއުމަނޮއިޑް ރޮބޮޓު އުފައްދާފައެވެ. އެ ކުންފުނިތަކުން ރޮބޮޓު އުފައްދާ މައިގަނޑު މަޤުޞަކީ ކާރު އުފެއްދުމުގެ މަސައްކަތް އިތުރަށް ހަލުއިކުރުމުގައި ރޮބޮޓު ބޭނުންކުރުމަށެވެ.

މި ކުންފުނިތަކުން އާންމުކޮށް ވިއްކުމަށާއި ފެކްޓަރީގައި ބޭނުންކުރުމަށް ރޮބޮޓު އުފެއްދުމުގެ ޤަސްދުގައި ރޮބޮޓު އީޖާދުކުރާ ހަމައެކަނި ކުންފުންޏަކީ ޓެސްލާއެވެ.

މި ލިއުމާއި ގުޅޭ