ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ އިން ބޫޓާންގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ބްރޯންޒް މެޑަލް ހޯދައިފިއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 86-36 ޕޮއިންޓުންނެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ބައިނަލްއަގުވާމީ ލެވަލްގައި ހޯދި ތިން ވަނަ ލޯ މެޑަލް އެވެ.
އެގޮތުން ރާއްޖޭން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތާއި 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.
ރާއްޖެ އިން މިފަހަރު އަމާޒު ހިފީ ރަން މެޑަލްއެއް ހޯދުމަށެވެ. ނަމަވެސް ކުޅުނު ފުރަތަމަ މެޗުން ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދި ނަމަވެސް އަވަށްޓެރި ސިރީލަންކާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.
ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލަންކާ އަށް ވަނީ މެޗަށް ފަހު ރަން މެޑަލް އާއި ޗެމްޕިއަން ޝީލްޑް ހަވާލުކޮށްފައެވެ.