Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓު މަތިކޮށްފި

އިންޑިއާގެ މަރުކަޒީ ބޭންކު، ދި ރިޒާވް ބޭންކް އޮފް އިންޑިއާއިން އެ ބޭންކުގެ ޕޮލިސީ އިންޓަރެސްޓު ރޭޓު 50 ބޭސިސް ޕޮއިންޓުން ބޮޑުކޮށްފިއެވެ. މިއީ ޖެހިޖެހިގެން ޕޮލިސީ އިންޓަރެސްޓު ރޭޓު އެ ބޭންކުން ބޮޑުކުރި ހަތަރުވަނަ ފަހަރެވެ.

ޕޮލިސީ އިންޓަރެސްޓު ރޭޓު ބޮޑުކުރުމުގެ ބޭނުމަކީ މުދަލާއި ޚިދުމަތުގެ އަގު ކޮންޓުރޯލުކުރުމެވެ. މަރުކަޒީ ބޭންކުގެ ތިން ބޭފުޅުންނާއި އެ ބޭންކުން ބޭރުގެ ތިން ބޭފުޅުން ހިމެނޭ މަނިޓަލީ ޕޮލިސީ ކޮމިޓީންވަނީ މަރުކަޒީ ބޭންކުގެ އިންޓަރެސްޓު ރޭޓު 5.90 އިންސައްތައަށް ބޮޑުކުރަން ނިންމާފައެވެ.

މޭ މަހުގައި އިންޓަރެސްޓު ރޭޓު އެންމެ ފުރަތަމަ ބޮޑުކުރި ފަހުން މިހާތަނަށް 190 ބޭސިސް ޕޮއިންޓު ނުވަތަ 1.90 އިންސައްތައިން އިންޑިއާގެ ޕޮލިސީ އިންޓަރެސްޓު ރޭޓު ރިޒާވް ބޭންކުން ބޮޑުކޮށްފައިވެއެވެ. އެ ބަދަލާއެކުވެސް އިންޑިއާގެ އިންފުލޭޝަން ރޭޓު ދަށްވެފައިނުވެއެވެ.

ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކުރި ނިންމުމާއެކު މަރުކަޒީ ބޭންކުގެ ގަވަރުނަރު ޝަކްޓިކަންޓާ ދާސް ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ މާލީ ބާޒާރުގެ ކަންކަން ހުރި ގޮތުންނާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރިމަގުގައި އިންޑިއާގެ އިންފުލޭޝަނަށް އަންނާނެ ބަދަލު އަދިވެސް ކަށަވަރުނުވާ ކަމަށެވެ.

މަނިޓަރީ ޕޮލިސީ ކޮމިޓީން ބުނެފައިވަނީ މިހާރު ބޮޑުކޮށްފައިވާ އިންޓަރެސްޓު ރޭޓަކީވެސް މިހާރުގެ އިންފުލޭޝަނާއި، 2019 ވަނަ އަހަރުގެ އިންފުލޭޝަނަށް ބަލާއިރު، 2019 ވަނަ އަހަރުގައި ހުރި އިންޓަރެސްޓު ރޭޓަށްވުރެ ކުޑަ ރޭޓެއް ކަމަށެވެ.

ގިނަ އިޤުތިޞާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކުން އަދިވެސް އިންޓަރެސްޓު ރޭޓު މަތިކުރާނެއެވެ. އަދި އިންޓަރެސްޓު ރޭޓު ޖުމްލަ 6.5 އިންސައްތައަށް މަތިވެ އަދިވެސް 60 އިންސައްތަ ބޮޑުވާނެކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.

ޕޮލިސީ އިންޓަރެސްޓު ރޭޓަކީ އިޤުތިޞާދުގައި ހުންނަ ފައިސާއާ ގުޅުންހުރި ކަންކަމަށް އަސަރުކުރުވަން މަރުކަޒީ ބޭންކުތަކުން ކަނޑައަޅާ އިންޓަރެސްޓު ރޭޓެކެވެ. އެ އިންޓެރެސްޓު ރޭޓަކީ ދެން ހުންނަ އަމިއްލަ ބޭންކުތަކުން ލޯނުތައް ދޫކުރާ މިންވަރު އެ މައްޗަށް ބަރޯސާވާ ރޭޓެކެވެ. އެހެނީ ބޭންކުތަކަށް މަރުކަޒީ ބޭންކުން ދޫކުރާ ފައިސާގެ އިންޓަރެސްޓު ރޭޓަކީ މި ޕޮލިސީ އިންޓަރެސްޓު ރޭޓެވެ.

އާންމު ގޮތެއްގައި މަރުކަޒީ ބޭންކުތަކުން ޕޮލިސީ އިންޓަރެސްޓު ރޭޓު އުފުލަނީ އިންފުލޭޝަން ހަންމަތަކުރުމަށާއި، ދަރަނި މާ ބޮޑަށް އިތުރުވިޔަނުދިނުމަށާއި، ރައުސުލް މާލު ޤައުމުން ބޭރަށް ދިއުން ހުއްޓުވުމަށެވެ.
މި ލިއުމާއި ގުޅޭ