Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ޝައިޚް އައްލާމާ އަލްޤަރްޟާވީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލް އައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހުކުރު ނަމާދަށްފަހު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޝައިޚް އަލް އައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ޤަރްޟާވީ ރަހިމަހުﷲ އަކީ މިޒަމާނުގެ ފުންނާބުއުސް ޝަރީއާ އިލްމުވެރިއެކެވެ. އަދި އިސްލާމީ ފިކުރާއި އިސްލާމީ ދައުވާގައި އެންމެ ފުންނާބުއުސް އިލްމުވެރިންގެ ތެރޭގައި ޤަރްޟާވީ ހިމެނެއެވެ.

ހަމައެހެންމެ މިޒަމާނާއި ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްގީ ކުރުމާއި އިޖްތިހާދު ކުރުމުގެ އެންމެ އިސްމޭސްތިރިއާގެ ގޮތުގައި ޤަރްޟާވީ ރަހިމަހުﷲ ފާހަގަ ކުރެވެއެވެ.

އެހެންކަމުން ޤަރްޟާވީ ރަހިމަހުﷲގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ރާއްޖޭގެ މީހުންއުޅޭ ހުރިހާރަށެއްގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ކައުންސިލްތަކަށް އަންގައިފައެވެ.

މި ލިއުމާއި ގުޅޭ