Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާސްކެޓް

ސާބާ ޗެމްޕިއަންޝިޕް: ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް ލަންކާ ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގައި މިހާރު ކުރިޔައްދާ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް، ސްރީ ލަންކާ އިން އެމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އަންހެނުންގެ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލަންކާއިން ހޯދީ 72-59 ޕޮއިންޓުން ކުރިހޯދައިގެންނެވެ.

މިމުބާރާތުގެ ރިހި މެޑަލް ލިބުނީ ނޭޕާލް އަށެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން 65-26 އިން ނޭޕާލް އިން ވަނީ ބޫޓާން މައްޗަށް ކުރިހޯދައިފަ އެވެ.

މި މުބާރާތުގައި ރާއްޖެއަށް ދެން އޮތް ހަމަ އެކަނި ޗާންސަކީ މާދަމާ ރޭ ބޫޓާން އާ އެކު ކުޅޭ މެޗުން މޮޅުވެގެން ލޯ މެޑަލް ހޯދުމެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗު ފަށައިގެން ލަންކާ އިން ފުރަތަމަ ކުއާޓަރު ނިންމާލީ 23-11 އިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓަރުގައި ލަންކާއިން ވަނީ ރާއްޖޭގެ ޓީމުގެ ދަށް ކުޅުމުގެ އެޑްވާންޓޭޖު ނަގައި ލީޑުބޮޑުކުރަމުންނެވެ.

އެގޮތުން ލަންކާއިން ވަނީ ދެވަނަ ކުއާޓަރު ނިންމާލިއިރު 24 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އަދި ތިންވަނަ ކުއާޓަރު ލަންކާއިން ނިންމާލީ ލަންކާ އޮތީ 59-37 އިން ކުރީގަ އެވެ.

މި މުބާރާތުގައި މިރޭ ރާއްޖެއާއި ބޫޓާން ކުޅޭ މެޗް އޮންނާނީ 20:30ގަ އެވެ.
މި ލިއުމާއި ގުޅޭ