Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަޙްމަދު ޒާހިރު

ޔޯގާ މައްސަލަ އެ ހިސާބަށް ހިނގައިދާނެ ކަމަށް ދުރާލާ އަންދާޒާ ކުރެވިފައި ނުވޭ: މިނިސްޓަރު

ހިންދޫންގެ އަޅުކަމެއް ކަމަށްވާ ޔޯގާ ހަރަކާތް އެ ހިސާބަށް ހިނގައިދާނެ ކަމަށް ދުރާލާ އަންދާޒާ ކުރެވިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖޫން 21ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ އެކަން ހުއްޓުވުމާއި ގުޅިގެން ފުލުހުން ވަނީ އެކަން ހުއްޓުވި ކަމަށް ބުނެ ބަޔަކު ހައްޔަރުކޮށްފައެވެ.

އެދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީއަށް އިސްލާމިކް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މައްސަލަ މިހެން އަތުވެދާނެ ކަމަށް ކުރިން އަންދާޒާކުރެވިފައި ނުވުމުން އެވާހަކަ ފަތުވާ މަޖިލީހާއި ދެކެވިފައި ނުވާ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުއްދައާ އެކު 2015ގައި ޔޯގާގެ ހަރަކާތްތައް ރާއްޖޭގައި ފެށި ހިސާބުން އެކަމާ މެދު އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަމަށާއި އެ ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ދައްކަމުންދިޔަ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ ގޮތުން ރައުޔެއް ހޯދަން މިހާތަނަށް އެއްވެސް ފަރާތަކުން ފަތުވާ ކޮމިޓީއަށް ހުށަހަޅާފައި ނުވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ޔޯގާ މައްސަލަ މި ވަރަށް ހޫނުވެގެން ދިޔައީ ފަތުވާ މަޖިލީހެއް ނެތިގެންނެއް ނޫން ކަމަށެވެ.

ނަމަވެސް، ޔޯގާ މައްސަލައާ ބެހޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން މިހާރު އެދިފައިވާނެ ކަމަށާއި، އެ ރައުޔު ލިބުމުން އާންމުންނާ ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޯގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް، އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީއެއް މިދިޔަ ޖޫން 15 ވަނަ ދުވަހު ވަނީ އާންމުވެފަ އެވެ.

އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ މެންބަރުން ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ކަމާ ގުޅޭ އުސޫލެއް ހަދައި އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގީ ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށެވެ.
މި ލިއުމާއި ގުޅޭ