Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާސްކެޓް

ސާބާ ޗެމްޕިއަންޝިޕް: ބޫޓާން އަތުން ސްރީލަންކާ މޮޅުވެއްޖެ

ރާއްޖޭގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި އަވަށްޓެރި ސްރީލަންކާ އާއި ބޫޓާން ކުޅުނު މެޗު ބޮޑު ތަފާތަކުން ސްރީލަންކާ މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މިމެޗުގައި ބޫޓާނުގެ މައްޗަށް، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ ކުރިހޯދީ 33-98 ނަތީޖާއިން ނެވެ.

ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގެ ކުޅުން ނިމުނު އިރު 4-18 އިން ލަންކާ އޮތީ ކުރީގައެވެ. އަދި ދެވަނަ ކުއާޓަރުގެ ކުޅުން ނިންމާލިއިރު ނަތީޖާ އަކީ 17-39 އެވެ. މުޅި މެޗްހެން ކޮންޓްރޯލް ކޮއްގެން ކުޅުނީ ލަންކާގެ ޓީމުންނެވެ.


ތިންވަނަ ކުއާޓަރު ނިންމާލިއިރު ލަންކާއިން ވަނީ ފުރަތަމަ ދެކުއާޓަރަށްވުރެ ގިނައިން ސްކޯކޮށް 25-74 ގެ ނަތީޖާ އަކުން އެކުއާޓަރު ނިންމައިފައެވެ. އަދި ފަހު ކުއާޓަރުގެ ކުޅުން ނިންމާލިއިރު ނަތީޖާއަކީ 98-33 އެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ލަންކާ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ އެންމެ ފަހުގެ ރަނަރަޕް ޓީމު، ނޭޕާލާ ދެކޮޅަށެވެ.

މި މުބާރާތުގައި މިހާތަނަށް ދެމެޗް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗްގައި މުބާރާތް ބާއްވާ ގައުމު ދިވެހިރާއްޖެއިން ވަނީ ނޭޕާލްގެ މައްޗަށް ކުރިހޯދައިފައެވެ.

މި ލިއުމާއި ގުޅޭ