Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޖަލު ބަންދުގައި ހުއްޓާ ނިޔާވި، ނަޝީދުގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވި މުހައްމަދު ނަޝީދުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

މ. މުލި/ ހުދުފިނިފެންމާގޭ އުމުރުން 43 އަހަރުގެ ނަޝީދު ނިޔާވީ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 15 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން ބުނެފައިވަނީ މާފުށި ޖަލުގައި ހުރި މުޙައްމަދު ނަޝީދު ކިޔާ ދިވެހި ފިރިހެނަކު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށެވެ.

އަދި ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، 17:26 ހާއިރު އޭނާ ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައި ކަމަށެވެ. ކަރެކްޝަނުން ބުނީ މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.

ނަޝީދު ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އެކަން އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ނަޝީދު ނިޔާވުމުގައި ކަރެކްޝަނުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

ނަޝީދަކީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތު ކުރެވޭ މީހެކެވެ.

މި ލިއުމާއި ގުޅޭ