Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ރަމީޒު

އިމެއް މިނެއް ނެތް މިންވަރަށް މުންކަރާތް ފެތުރި ސަރުކާރެއް މުޅިހަޔާތުގައިވެސް މި ނޫނީ ނުދެކެން: އަލީ ރަމީޒް

އެއްވެސް އިމެއް މިނެއް ނެތް މިންވަރަށް މުންކަރާތް ފެތުރި ސަރުކާރެއް މުޅި ހަޔާތުގައި ވެސް ނުދެކޭ ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ދީނީ ކަން ކަމުގައި ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާ އަލީ ރަމީޒްގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާހިޝް އަމަލުތައް ފެތުރި ފާޖިރު ސަރުކާރެއް މި ނޫނީ އޭނާގެ މުޅި ހަޔާތުގައި ވެސް ނުދެކޭ ކަމަށެވެ.

އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަންކަން ކުރުމަށް ހިތްވަރުދީ އަދި އެފަދަ ކަންކަން ނޯމަލައިޒް ކުރަން މިސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަމުން ގެންދާ ކަމަށް އާންމުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން އެތައް ބަޔަކު އެއް ޖިންސުން ގުޅުން ހިންގުމުން އެކަން ވެސް ސަރުކާރަށް އެއީ މާބޮޑު ކަމެއް ކަމަށް ބެލިފައި ނުވާކަން އެކަމުގައި ޝާމިލުވި މީހުންނަށް ކުރި ހުކުމްތަކުން އެނގޭ ކަމަށް އާންމުން ބުނެއެވެ.

އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަން ކަން ކުރާއިރު ވެސް ސަރުކާރަށް އެކަން މާބޮޑު ކަމަކަށް ވެގެން އެކަން ބަލަމުންދާތަނެއް ނުފެނެއެވެ. އެގޮތުން ފާޅުގައި ރާ ބުއިމާއި ހަށި ވިއްކުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އެތައް އަމަލެއް މި ގައުމުގައި މިހާރު އެއްވެސް ބިރެއް ނެތި ކުރަމުންދާތަން އެބަފެނެއެވެ.

މިކަމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ދަނީ މިސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މި ލިއުމާއި ގުޅޭ