Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ކައުންސިލްތަކުގެ ހަރަދު ފިނޭންސާއި އެލްޖީއޭއަށްވެސް އެނގޭ ކަމަކަށް ނުވި!

ލޯކަލް ކައުންސިލްތަކުގެ ހަރަދާއި އާމްދަނީއާ ގުޅޭ މައުލޫމާތު ހާމަކުރަންޖެހޭ އިދާރާއާ މެދު ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ. ހިޔާކު ތަފާތުވުން އުފެދުނީ އެ މައުލޫމާތު ހުރީ ކޮން އިދާރާއެއްގައި ކަން ކަށަވަރު ނުވެގެންނެވެ.

ލާމަރުކަޒީ ގާނޫނު ވުޖޫދުވި ފަހުން ކައުންސިލްތަކުގެ މުސާރައާއި، ކައުންސިލްތަކަށް ކުރި ހަރަދާއި އާމްދަނީގެ ތަފްސީލު ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ދަށުން "ދިޔަރެސް" އިން މިދިޔަ ޖުލައި މަހު އެދުނީ ފިނޭންސް މިނިސްޓްރީގަ އެވެ.
އެކަމަކު އެ މައުލޫމާތު ހާމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ހާމަ ނުކުރުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ދިޔަރެސް އިން ހުށަހެޅި އެވެ.
އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވި ގޮތުގައި މައުލޫމާތު ނުލިބުނީ ފިނޭންސާއި އެލްޖީއޭއާ ދެ އިދާރާގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.
ކައުންސިލްތަކުގެ ހަރަދު ހޯދަން ފިނޭންސް މިނިސްޓްރީގައި އެދުމުން، އެ އިދާރާއިން އެ މައްސަލަ ފޮނުވީ އެލްޖީއޭއަށެވެ. ފިނޭންސުން ބުނާ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދެނީ ބްލޮކް ގްރާންޓުގެ ގޮތަށް ކަމުން އެ ހަރަދުތަކުގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ލިބޭނީ އެލްޖީއޭ އަށެވެ.
އެކަމަކު އެ ހުށަހެޅުމަށް ޖަވާބު ދިނުމުގެ ބަދަލުގައި އެލްޖީއޭއިން ބުނީ ކައުންސިލްތަކުގެ ބަޖެޓު ރިޕޯޓަކީ މަހުން މަހަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ އެއްޗަކަށް ވާތީ ހަރަދުގެ ތަފްސީލު ހުންނާނީ މިނިސްޓްރީގައި ކަމަށެވެ. އަދި މައްސަލަ އަނބުރާ ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެވެ.
މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ބުނީ ކައުންސިލްތަކުގެ ބަޖެޓު ރިޕޯޓު ކޮންމެ މަހަކު މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް ގާނޫނުގައި އޮތަސް ބައެއް ކައުންސިލްތަކުން އެ ރިޕޯޓު ނުފޮނުވާ ކަމަށެވެ.
އެކަމަކު ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކުގެ އެ މައުލޫމާތުތައް އެލްޖީއޭއަށް ލިބޭނެ ކަމަށެވެ. އެހެންވެ، ދިޔަރެސް އިން އެދުނު ބައެއް މައުލޫމާތު މިނިސްޓްރީގައި ހުރި ނަމަވެސް ތަފްސީލީ މައުލޫމާތު ދެވޭނީ އެލްޖީއޭއަށް ކަމަށް ފިނޭންސުން ބުންޏެވެ.

ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއި ދިޔަރެސް ބައިވެރިވި މިއަދުގެ ބައްދަލުވުން ނިންމާލީ، އިންފޮމޭޝަން ކޮމިޝަނަށް އެލްޖީއޭ ހާޒިރު ކުރުމަށްފަހު އެ މައްސަލައާމެދު ގޮތެއް ނިންމުމަށެވެ.

މި ލިއުމާއި ގުޅޭ