Sunday 8th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުދަލު ޒަކާތް

މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

ދިވެހިރާއްޖޭގައި ދައްކަންޖެހޭ މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފިއެވެ.

ފާއިތުވި ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މުދަލުގެ ނިސާބަކީ ދެން 5،777.45 ރުފިޔާ ކަމަށެވެ. މީގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 7241.15 ރުފިޔާއެވެ. އެ ބަދަލު ގެނައިީ މިއަހަރުގެ މާޗު މަސް ތެރޭގައެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 6878.20 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށެވެ.

ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވި އޯގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 64 މިލިއަން ރުފިޔާއެވެ.

މި ލިއުމާއި ގުޅޭ