Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިސްޓިއާނޯ ރޮނާލްޑޯ

އަހަރެން މި ހުރީ ވަރަށް ޖޯޝުގައި، އަހަރެންގެ އަދިވެސް އުންމީދުތަކެއް އެބަހުރި: ރޮނަލްޑޯ

ފުޓްބޯޅަ ކުޅުން ހުއްޓާލައި ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އަދިވެސް އުންމީދުތަކެއް އެބަހުރިކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އެގޮތުން 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެވޯޑް ހަފްލާގައި ރޮނާލްޑޯ އަށް ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ މުގުރާލާފައިވާތީ ހާއްސަ އެވޯޑެއް ދީފަ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަމުން، އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނީ މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ބޮޑު ފަހު މުބާރާތަށް ނުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރޮނަލްޑޯ ބުނީ ޕޯޗުގަލްގެ ޓީމާ އެކު މި ވޯލްޑް ކަޕާއި ދެން އޮތް ޔޫރޯގައި ވެސް ކުޅެލަން ބޭނުންވވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕަކީ ރޮނާލްޑޯ ގައުމީ ޖޯޒީގައި ކުޅޭނެ 10 ވަނަ ބޮޑު މުބާރާތެވެ.

މިއަހަރުގެ ވޯލްޑްކަޕްގައި ކުޅޭ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އިންސްޓަރގްރާމްގެ އެނަލިސިސް ހަދާ ބައެއް ކަމަށްވާ ނީލްސެން ގްރެސެނޯޓް އިން ކުރި ދިރާސާއަކުން ދާދި ފަހުން ވަނީ ދައްކައިފައެވެ.

ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ވޯލްޑް ކަޕަކީ ރޮނަލްޑޯގެ ފަހު ވޯލްޑްކަޕަށްވުން އެކަށީގެން ވެއެވެ.
މި ލިއުމާއި ގުޅޭ