Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެބޯލާ

ޔޫގަންޑާއިން ހަތް މީހަކަށް އެބޯލާ ޖެހި، އެކަކު މަރުވެއްޖެ

ޔޫގަންޑާއިން ހަތް މީހަކަށް އެބޯލާޖެހި އެއިން އެކަކު މި ހަފުތާގައި މަރުވެއްޖެއެވެ. އަދި އިތުރު ހަތް މީހަކު މަރުވީ މިހާތަނަށް ވެކްސިނެއް ހޯދިފައިނުވާ އެބޯލާގެ ސްޓްރެއިނެއްގެ ސަބަބުން ކަމަށް ތުހުމަތުކުރެވިގެން ގުޅުންހުރި އިދާރާތަކުން އެކަން ތަހުގީގުކުރަން ފަށާފައިވެއެވެ.
އެބޯލާގައި މަރުވި 24 އަހަރުގެ މީހާ މަރުވެފައިވަނީ ގަދަ ހުމާއި، ބޭރަށް ހިނގުމާއި ބުރަކަށީގެ ގަދައަށް ރިއްސުމާއި ހޮޑަށް ލޭ ފޭބުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ މެލޭރިއާއަށް ފަރުވާކުރުމަށްފަހުގައި އެބޯލާގެ ސޫދާން ސްޓްރެއިން އޭނާއަށް ޖެހިފައިވާކަން ޓެސްޓުތަކުން ކަށަވަރުވެފައިވެއެވެ.
ޔޫގަންޑާގެ ޞިއްޙީ ވުޒާރާގެ އެބޯލާ އިންސިޑެންޓު ކޮމާންޑަރު ކިޔޯބޭ ހެންރީ ބޯސާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް 7 މީހަކަށް އެބޯލާ ޖެހިފައިވާކަމާއި، އެއިން އެކަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
އެބޯލާ ފެތުރޭކަން ކަށަވަރުކުރުމުގެ ކުރިން މަރުވެފައިވާ ހަތް މީހަކު މަރުވީ އެ ބަލީގެ ސަބަބުންކަމަށް ޝައްކުވާކަމަށް އޭނާ ވިދާޅުވިއެވެ.
ބޯސާ ވިދާޅުވި ގޮތުގައި މި ބަލި އެންމެ ފުރަތަމަ ޖެހުނު ބަލިމީހަކީ ކޮބައިކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. އެހެންނަމަވެސް މި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށީ ޔޫގަންޑާގެ މެދުތެރޭ ޑިސްޓުރިކްޓެއް ކަމުގައިވާ މުބެންޑޭގެ އަވަށެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން ޔޫގަންޑާއިން އެބޯލާގެ ސޫދާން ސްޓްރެއިން ފެނިފައިވަނީ 2012 ވަނަ އަހަރުގައެވެ.
އެފުރިކާގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އޮފީހުގެ އެމަޖެންސީ ހެލްތު އޮފިސަރު ޕެޓްރިކް އޮޓިމް ވިދާޅުވި ގޮތުގައި ސޫދާން ސްޓްރެއިނަކީ އެބޯލާ ޒައިރޭއަށްވުރެ ލަސް ދުވެއްޔެއްގައި ފެތުރޭ ސްޓްރެއިނެއް ކަމަށެވެ. އަދި ކުރިން އެ ބަލި ފެތުރުނު އިރަށްވުރެ މި ފަހަރު މަރުވާ މީހުން މަދުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އޮޓިމް ފާހަގަކުރެއްވި ގޮތުގައި އެބޯލާގެ ސޫދާން ސްޓްރެއިނަކީ ޒައިރޭ ސްޓްރެއިނަށްވުރެ ނުރައްކާ ސްޓްރެއިނެކެވެ. ސަބަބަކީ ޒައިރޭ ސްޓްރެއިނަށް ވެކްސިނެއް ހޯދިފައިވީ ނަމަވެސް އަދި ސޫދާން ސްޓްރެއިނަށް ވެކްސިނެއް ހޯދިފައިނެތުމެވެ.
މި ލިއުމާއި ގުޅޭ