Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަދަގާތް

ފަހަށް ދެމިގެންދާ ޞަދަގާތެއް ކުރަން ބޭނުންތޯ؟

މި ވަގުތީ ދުނިޔޭގައި އުޅުމަށްފަހު ކޮންމެ މީހަކު ވެސް މަރުވާނެ ކަމީ ހުރިހާ އެންމެ ވެސް ގަބޫލު ކުރާ ހަގީގަތެކެވެ. ދުނިޔޭގައި އުޅޭއިރު ކިތައްމެ ފައިސާއެއް އޮތް ނަމަވެސް އެފައިސާތައް ދޫކޮށް ދާންޖެހެއެވެ. އަދި އެފައިސާތަކުން ސަވާބު ލިބި ލިބި ހުންނާނެ ކަމެއް ނުކުރެވިއްޖެ މީހަކަށް އެލިބުނު ފައިސާ އަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވާނެއެވެ.

ކިތައްމެ ކުޑަ ނަމަވެސް ފައިސާ އެއް ދެމިގެންދާ ގޮތަށް ޚަރަދު ކުރެވިފައިވާނަމަ އެކަމުން އެމީހާއަށް ސަވާބު ލިބިލިބި ހުންނާނެއެވެ. އަދި ދުނިޔެ ދޫކޮށްފައިވާ މައިންބަފައިންނާއި އާއިލާ މީހުންނާއި ގާތް ތިމާގެ މީހުންގެ ނަމުގައި ކުރެވޭ މިފަދަ ސަދަގާތަކުން އެމީހުންނަށް ސަވާބާއި ދަރުމަ ލިބި ލިބި ހުންނާނެ ކަން އަންގަވާފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚުތުން ދަނީ ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، އަންނައުނު އަދި ކަރަންޓްފަދަ އިންސާނަކަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން މަރާއި ހަނގުރާމަ ކުރަމުންނެވެ. އެފަދަ މީހުންނަށް ކުރެވޭ ސަދަގާތަކީ ދެމިގެންދާ ގޮތަށް ކުރެވޭ ސަދަގާތަކަށް ވެއްޖެނަމަ އެކަމުން އެމީހަކަށް ސަވާބު ލިބި ލިބި ހުރެއެވެ.

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ހާލުގައި ޖެހިފައިވާ މިފަދަ އަޚުންނާއި އުޚުތުންނަށް ދެމިގެންދާގޮތަށް އެހީތެރިވެވިދާނެ ގޮތްތަށް އަމިއްލަ ޖިމިއްޔާ ޖަމާތް މެދުވެރިކޮށް މިހާރު ހަމަޖެހިފައި އެބަވެއެވެ.

އެގޮތުން ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖެއް ކަމަށްވާ "އަހުލުލް ގުރުއާން" މެދުވެރިކޮށް ބަންގުލަދޭޝް އާއި ރޮހިންޔާ އަދި ގެމްބިއާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް ދެމިގެންދާ ސަދަގާތެއް ކުރުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

ބަންގުލަދޭޝުގައި ފެނަށް ބޭނުންޖެހިފައިވާ އާއިލާއަކަށް ފެންވަޅެއް 5000 ރުފިޔާ އަށް ބިނާކުރެވޭއިރު، ރޮހިންޔާގައި ފެންވަޅެއް 7000 ރުފިޔާ އަށް ބިނާކުރެވެއެވެ. އަދި ގެމްބިއާގައި 33000 ރުފިޔާއަށް ފެންވަޅެއް ބިނާކުރެވޭނެ ކަމަށް "އަހުލުލް ގުރުއާން" ބުނެއެވެ.

"އަހުލުލް ގުރުއާން" އިން ބުނީ މަންމަ ނުވަތަ ބައްޕަ، މާމަ ނުވަތަ ކާފަ، ގާތްތިމާގެ މީހަކަށް ނުވަތަ އަމިއްލަ ނަމުގައި ވެސް ފެންވަޅެއް ހަދިޔާ ކުރެވިދާނެ ކަމަށެވެ. އެހީދޭ ފަރާތަށް ހުރިހާ މަރުހަލާއެއްގައި ފޮޓޯ އާއި ވީޑިއޯ ފޮނުވާނެ ކަމަށް "އަހުލުލް ގުރުއާން" ބުނެއެވެ.

ސަދަގާތް ކުރަން ބޭނުންވާ ފަރާތްތަކުން "އަހުލުލް ގުރުއާން" ގެ ފޭސްބުކް މެދުވެރިކޮށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ.

މި ލިއުމާއި ގުޅޭ