Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އެރި އޮޅުމަކުން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭނެ ގޮތް ހަދައިފި

ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް "އޮޅިގެން" ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭނެ ގޮތަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަށް 12 ވަނަ އިސްލާހް ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރެއްވިއިރު ގްރީން ޓެކްސް ނެގުން މެދުކެނޑުނީ އެ އިސްލާހުގައި ތާރީހު ޖަހާފައިވާ ގޮތުންނެވެ.

އެގޮތުން ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.

މިދިޔަ ޖޫން މަހު މަޖިލީހުން ފާސްކޮށް، ޖުލައި މަހުގެ ތިންވަނަ ދުވަހު ރައީސް ތަސްދީގުކުރެއްވި، ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ވާގޮތުން ގްރީން ޓެކްސް ނަގަން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

ނަަމަވެސް އެބިލް އަލުން އަނބުރާ މަޖިލީހަށް ފޮނޮވުމުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލްގައި އޮތް 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން ބަދަލުކޮށް، މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މި ޤާނޫނަށް 12 ވަނަ އިސްލާހް ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި ގްރީން ޓެކްސް، ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ލިއުމާއި ގުޅޭ