Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ޝަރީފް

70 އަހަރު ވެފައިވާ ސްޓެލްކޯ އުފެއްދީ ރައީސް ސޯލިހު ކަމަށް ޝަރީފް ވިދާޅުވެއްޖެ

ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭތާ 70 އަހަރުވެފައިވާ ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އުފެއްދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޝަރީފް އިއްޔެ ވިދާޅުވީ ސްޓެލްކޯއަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ރައީސް ސޯލިހު އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ކުންފުންޏަކީ، ސްޓެލްކޯ އަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މިއަދުގެ ސަރުކާރުން، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ކުންފުންޏެއް." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެގޮތަށް ވިދާޅުވި ނަމަވެސް، ސްޓެލްކޯ އުފެދިފައިވަނީ 1997 ވަނަ އަހަރު އެވެ. ސްޓެލްކޯއަކީ 1949 ވަނަ އަހަރުން ފަށައިގެން އެކި ނަންނަމުގައި ހިންގަމުން އައި ސަރުކާރު ކަރަންޓު ކުންފުންޏަށް އެންމެ ފަހުން ދީފައިވާ ނަމެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން އެއްވެސް ކުންފުންޏެއް އަލަށް އުފައްދާފައި ނުވެއެވެ.

އެ ރަސްމިއްޔާތުގައި ރައީސަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމަށް ވަރަށް ހިކުމަތްތެރި ސިޔާސަތަކާއި ވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ބިލުތަކުގެ ތެރޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންފުމުގެ ބިލަށް ބޮޑެތި އިންގިލާބީ ބަދަލުތައް ގެނައުމެވެ.
".. ރާއްޖޭގެ ކައުންސިލް ތަކާއި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން ބާރުވެރި ވެގެންދާ ގާނޫނެއް، އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަންހެން ކަނބަލުންނަށް ބާރުވެރިކަން އިހްސާސް ކޮށްދެވޭފަދަ ބަދަލުތަކެއް އެ ބަދަލަކީ." ޝަރީފް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ