Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިކުއެޑޯ

ދަރަނި ރިސްޓްރަކްޗާކުރުމާމެދު ޗައިނާއާއި އިކުއެޑޯ އެއްބަސްވުމަކަށް

ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ދަރަނި ރިސްޓްރަކްޗާކޮށް ދަރަނި އަދާކުރާނެ އިންތިޒާމުތައް އަލުން ތަރުތީބުކުރުމާ ގުޅޭ އެއްބަސްވުމަކަށް ވާސިލުވެވިފައިވާކަމަށާއި، 1.4 ބިލިއަން އެމެރިކާ ޑޮލަރު ދެއްކުން 2025 ވަނަ އަހަރާ ހަމައަށް ފަސްކުރެވިފައިވާކަމަށް ހޯމަދުވަހުގައި ނެރުނު ބަޔާނެއްގައި އިކުއެޑޯ ސަރުކާރުން ބުނެފިއެވެ.

ފެބްރުއަރީ މަހުގައި އިކުއެޑޯގެ ރައީސް ގުއެލާމޯ ލަސޯވަނީ އެ ޤައުމުން ޗައިނާއިން ނަގާފައިވާ ދަރަނި ރިސްޓްރަކްޗާކުރުމާއެކު، އެ ޤައުމުގެ ތެޔޮ ވިއްކުމާ ގުޅޭ ގޮތުން ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތައް އިތުރަށް ރަނގަޅުކުރަން މަޝްވަރާތައް ފައްޓަވާނެކަން އިއުލާނުކުރައްވާފައެވެ.

ފާއިތުވި 10 ވަރަކަށް އަހަރު އިކުއެޑޯއަށް އެންމެ ގިނަ ފައިސާ އެކި ގޮތްގޮތުން ފޯރުކޮށްދީފައިވަނީ ޗައިނާއިންނެވެ.

ޗައިނާގެ ޗައިނާ ޑިވެލޮޕްމެންޓު ބޭންކާއި އެޤައުމުގެ އެގްޒިމް ބޭންކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރާއި 1.8 ބިލިއަން ޑޮލަރުގެ ލޯނު ދައްކަން ފަށަންޖެހޭ މުހުލަތު ފަސްކުރުމާއެކު، އެ ފައިސާ ދައްކަންޖެހޭ އަދަދުތައްވެސް ކުޑަކުރުމަށް އެއްބަސްވެވިފައިވެއެވެ.

"މި އެއްބަސްވުންތަކުގެ ސަބަބުން ޗައިނާ ޑިވެލޮޕްމެންޓު ބޭންކުގެ ލޯނުތައް ދެއްކުން 2027 އަށް ފަސްކޮށް، އެގްޒިމް ބޭންކުގެ ލޯނުތައް ދެއްކުން 2032 އަށް ފަސްކުރެވިފައިވޭ،" އެކުއެޑޯ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއާއެކު ސަރުކާރުން އިސްކަންދޭ ދާއިރާތަކުގެ ކޭޝް ފްލޯ ރަނގަޅުކުރުމަށް އެއްބަސްވެވުނެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ގުރޭސް ޕީރިއަޑެއްގެ ގޮތުގައި ހަ މަސްދުވަހުގެ މުހުލަތެއް ލިބުމާއެކު، އިންޓަރެސްޓު ރޭޓުތައްވެސް ލުއިކުރަންވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ