Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ އައުޓް

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާ ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށާއި އެކި ގޮތްގޮތަށް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް އިންޑިއާ އިން ފޯރުވުމަންދާ ނުރަނގަޅު ނުފޫޒު ހުއްޓާލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ހުރަސް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ އަސާސީ ޙައްޤު ހަނިވާ ގޮތަށް ރައީސް ސޯލިހް ނެރުއްވި ރިޔާސީ ޤަރާރަކީ ޤާނޫނު އަސާސީއާ ޚިލާފު ޤަރާރެއް ކަމުގައި ކަނޑައަޅައި ދިނުން އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ "ދިޔަރެސް" ނޫހުގެ މުއައްސިސުންކަމުގައިވާ އަޙްމަދު އަޒާން މަރުޒޫޤާއި އަޙްމަދު އިބްރާހީމް އަދި ޝިފްޒާން އަޙްމަދެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަކީ ފުރަމަތަ މަރުހަލާގައި ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމުގައިވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް އަންގާފައެވެ.

އިންޑިއާ އައުޓް ހުއްޓުވާ ގަރާރު ބާތިލުކުރަން އިދިކޮޅު ޕީޕީއެމް އިންވެސް މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް ސޯލިހް ގަރާރެއް ނެރުއްވީ ފާއިތުވި އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ޤަރާރުގައި ބުނެފައިވަނީ އެ ހަރަކާތަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ގެއްލުންވެދާނެ ކަމަށެވެ.

މި ގަރާރު ނެރުނު ފަހުން "އިންޑިއާ އައުޓް" ހަރަކާތް ވަރަށް ބޮޑަށް މަޑުޖެހިފައިވާއިރު، ހައިކޯޓުން މި މައްސަލައާއި މެދު ނިންމާ ގޮތަކުން އަލުން އެ ހަރަކާތްތައް ފެށޭނެކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ