Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ނަސާރާ ދީނުގެ އަޅުކަންތަކާއިއެކު ކުރިއަށް ގެންދިޔަ ރާނީގެ ޖަނާޒާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފި

ނަސާރާ ދީނުގެ އަޅުކަންތަކާއި އެކު ކުރިއަށް ގެންދިޔަ އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މި ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ވެސްޓްމިންސްޓަރ އަބީ ފައްޅީގައެވެ. ޖަނާޒާ ފެށިފައިވަނީ ލަންޑަން ގަޑިން ހެނދުނު 11 ގައެވެ. ޖަނާޒާގެ ބައިވެރިން ފައްޅިއަށް ވަދެ ނިމުމުން، އެންމެ ފުރަތަމަ ކަމަކަށް އޮތީ ރާނީގެ ސަންދޯއް ފައްޅީގެ ތެރެއަށް ވެއްދުމެވެ. ރާނީގެ ސަންދޯއް ފައްޅީގެ ތެރެއަށް ވެއްދި ވަގުތު ވެސްޓްމިނިސްޓަރ ފައްޅީގެ ކޮޔަރ ގުރޫޕުން ދިޔައީ ބައިބަލްގެ އެކިއެކި ތަންތަންކޮޅު ހިމެނޭ ލަވަ ކިޔަމުންނެވެ.

އެކަންތައް ނިމުމާއި އެކު ދެން އޮތީ ވެސްޓްމިންސްޓަރ ފައްޅީގެ އެންމެ އިސް ފާދިރީ ޑރ.ޑޭވިޑް ހޮއިލް ގެ ފަރާތުން ރާނީ އާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެވާހަކަތަކުގައި މައިގަނޑުގޮތެއްގައި ދައްކާފައިވަނީ ރާނީ ނަސާރާ ދީނަށް ހިދުމަތް ކުރުމުގައި އާއި އެ ދީނުގެ މަތީގައި ހުރެ ދެއްކި ނަމޫނާތަކުގެ ފުރިހަމަކަމުގެ ވާހަކައެވެ. އަދި އޭގެ އިތުރަށް އޭނާ ވަނީ ރާނީ އަށް ދުއާކޮށްފައެވެ.

އެއަށްފަހު އަނެއްކާވެސް އޮތީ ނަސާރާ ދީނުގެ ލަވަތަކެއް ކިޔުމެވެ. އެއަށްފަހު ދެން އޮތީ ބައިބަލްގެ ބައެއް ތަންތަންކޮޅު ކިޔުމެވެ. މިއީ ނަސާރާ ޖަނާޒާތަކުގައި އާންމުކޮށް ކުރާކަމެކެވެ. އެއަށްފަހު އަނެއްކާވެސް ލަވަތަކެއް ކިޔުމަށްފަހު އިނގިރޭސިވިލާތުގެ އެކި ފައްޅިތަކުގެ އިސް ފާދީރިންތައް ފަހަރަކު މީހަކު ދުއާކުރުން އޮތެވެ. އަދި ކޮންމެ މީހެއްގެ ބައި ނިމުމާއި އެކު ޖަނާޒާގެ ހުރިހާ ބައިވެރިން "އާމީން" ކިޔާ އަޑު އިވެއެވެ.

މިބައި ނިމުމަށްފަހު ދެން އޮތީ "ދަ ކޮމެންޑޭޝަން" ކިޔާ އިތުރު އަޅުކަމުގެ ހަރަކާތެކެވެ. ނަސާރާއިން ގަބޫލު ކުރާ ގޮތުގައި އެ އަޅުކަމާއި އެކު އިންސާނާގެ ފުރާނަ ކަލާނގެ އާއި ހަވާލުކުރެވެއެވެ. (މިއީ މުސްލިމުންގެ އަގީދާއާއި ފުށޫ އަރާ ބާތިލު ކަންކަން) މިބައި ކުރިއަށް ގެންގޮސްފައިވަނީ ޗާޗް އޮފް އިންގްލޭންޑްގެ އެންމެ އިސް އެއް ފާދިރީ ކަމުގައިވާ އާޗިބިޝްޝޮޕް އޮފް ކެންޓަރބަރީއެވެ. އެކަންތައް ނިމިގެން ދެން އޮތީ "ދަ ބްލެސިން" ކިޔާ އަޅުކަމުގެ ހަރަކާތެކެވެ. އެކަން ކުރިއަށް ގެންދިޔައީ ވެސްޓްމިނިސްޓަރ ފައްޅީގެ އިސް ފާދިރީއެވެ. އޭނާ ވަނީ ޖަނާޒާގެ ބައިވެރިންނާއި މުހާތަބުކޮށް ހުތުބާއެއް ގޮތަށް ނަސާރާ ދީނުގެ ނަސޭހަތް ދީ އެތަނުގައި ތިބި މީހުންނަށް ބަރަކާތް ލެއްވުމަށް އެދި ވާހަކަ ދައްކާފައެވެ.

އެއަށްފަހު އިތުރު ނަސާރާދީނުގެ ލަވަތަކެއް ކިޔައި، އިނގިރޭސި ޤައުމީ ސަލާމުން އެ ޖަނާޒާ ނިންމާލެވުނެވެ.

ނަސާރާ ދީނުގެ އަޅުކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ޖަނާޒާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައިވާއިރު، ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް މިގޮތަށް ޣައިރު ދީނެއްގެ ހަރަކާތެއްގައި ބައިވެރިވިކަން އެނގޭކަށް ނެތެވެ. ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒު ވެފައިވާއިރު ރައީސް ސޯލިހްގެ ދިފާއުގައި މިހާތަނަށް ވާހަކަ ދައްކާފައިވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ.އިޔާޒެވެ.

މި ލިއުމާއި ގުޅޭ