Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ޑޮލަރުގެ އަގު 17ރ. އަށް ބޮޑު ކުރަންޖެހޭ: ރައީސް ނަޝީދު

ޑޮލަތުގެ ދަތިކަން ހައްލުކޮށް، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓޭނީ ޑޮލަރެއްގެ އަގު 17ރ. އަށް ބޮޑުކޮށް، ބޭންކުތަކުން އެ ރޭޓުގައި ޑޮލަރު ވިއްކައިގެން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ މަރަދޫގައި އޮތް އެމްޑީޕީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް ޑޮލަރު ލިބެނީ 17 ރުފިޔާއަށެވެ. ބްލެކް މާކެޓް ނޫން ގޮތަކަށް ޑޮލަރު ލިބެން ނެތުމުން ރާއްޖޭގައި ޑޮލަރު ވިއްކޭނެ އަގަކީ 15.42 ކަމަށް ކަނޑައަޅައިގެން އަމިއްލަ ނަފުސަށް އޮޅުވާލުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ޑޮލަރު ބްލެކް މާކެޓްގައި ވިއްކުނީމާ ދެން ވާގޮތަކީ އެއިން ބޮޑު ފައިދާއެއް އެބަ ނެގޭ. އެހެންވީމަ އެކަމުގައި ކޮންޓްރޯލަށް އަނެއްކާ ވެސް އަޅުގަނޑަށް ފެންނަނީ ކަރަންސީ ފްލޯޓް ކުރަން. އެ ގޮސް އެ ހަގީގީ އަގެއްގައި އެ ހުންނަތަނެއްގައި ހުންނަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑޮލަރު ވިއްކާ އަގު ރަސްމީ ސިފައެއްގައި ބޮޑު ނުކޮށް އޮތަސް ހަގީގީ އަގުގައި ޑޮލަރު ލިބޭނެ ގޮތެއް ނެތެވެ. އަދި ރާއްޖޭގައި ޑޮލަރުގެ ހަގީގީ އަގަކީ 17 ރުފިޔާ އެވެ. އެއީ މާކުރީން ސުރެ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެހެން ކަމުން ބޭންކުތަކުން ވެސް ޑޮލަރު ވިއްކާ އަގު 17 ރުފިޔާއަށް ހަދައިފިނަމަ ހައްލު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެ ބަދަލާއި ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ދެކޮޅު ހައްދަވާ ކަމަށާ އަދި މިއީ އެފަދަ ބަދަލެއް ގެންނަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެކަމަކު ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ޑޮލަރު ރޭޓު މަތިކުރަންވީ ވަގުތަކީ މިއީ އެވެ.
"ބޭންކުންވެސް 17 ރުފިޔާއަށް ގަނެވިއްކަން ހަދައިފިއްޔާ ދެން ހުރިހާ އެންމެން ވެސް އެއް އަގެއްގައި މިކަން ކުރަން ފަށައިފިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި އެކަން [ޑޮލަރުގެ ދަތިކަން] ހައްލު ވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ