Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޝައިޚް އާދަމް ނިޝާން

ޖަނާޒާއަކީ އަޅުކަމެއް، ކާފަރެއްގެ ޖަނާޒާގައި ބައިވެރުވުމަކީ ޝިރުކެއް: ޝައިހް ނިޝާން

ޝަރުތުތަކާ ނުލައި މުސްލިމުން ކާފަރެއްގެ ޖަނާޒާގައި ބައިވެރުވުމަކީ ޝިރުކެއް ކަމަށް ކަމަށް ޝައިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.

ޝައިހް ނިޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަނާޒާއަކީ އަޅުކަމެއް ކަމަށާއި އެހެންކަމުން ކާފަރެއްގެ ޖަނާޒާގައި، އޭނާގެ ދީނުގެ މީހުންކުރާ ކަންކަމުގައި (ދުއާ ކުރުމާއި އެނޫންވެސް އެފަދަ ކަންކަމުގައި) ބައިވެރިވާ މީހާ އެ ބައިވެރިވަނީ އެމީހުންނާ އެކު ޝިރުކުގައި ކަމަށެވެ.

ސަބަބަކީ ޝައިހް ނިޝާން ވިދާޅުވި ގޮތުގައި ކާފަރުންގެ ޖަނާޒާގައި އެމީހުން ދުއާކޮށް ހަދާނީ މާތް ﷲ ފިޔަވައި އެހެން ފަރާތްތަކަށް ކަމުގައި ވުމެވެ. އަދި މުސްލިމުންނަށް ކާފަރުންގެ ޖަނާޒާގައި ބައިވެރިވުން ނުވާކަން ސާބިތުކޮށްދިނުމަށް ތައުބާ ސޫރަތުގެ 84 ވަނަ އާޔަތުން ޝައިހް ނިޝާން މިސާލު ނެންގެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާފަރެއްގެ ޖަނާޒާގައި ބައިވެރިވެވިދާނެ ކަމަށް ވިދާޅުވާ އިލްމުވެރިން ވެސް އެކަން ހުއްދަކުރައްވާފައިވަނީ ވަކި ޝަރުތުތަކާއެކު އެވެ.

އެއީ އެމީހެއްގެ މަންމަ ބައްޕަ ފަދަ ގާތްތިމާގެ މީހެއްކަމުގައި ވާނަމަ އެކަނިކަމަށާއި އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވެ އެމީހުންނާއި ވަކިން އެއްފަރާތެއްގައި ހުރެގެން ކަމަށް ޝައިހް ނިޝާން ވިދާޅުވި އެވެ.
ކާފަރެއްގެ އަޅުކަމުގައި ބައިވެރިވުމަކީ ޝިރުކުގައި ބައިވެރިވުން ކަމަށް ޝައިހް ނިޝާން ވިދާޅުވެފައިވާއިރު، އަންނަ ހޯމަ ދުވަހު އޮންނަ، އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އިނގިރޭސިވިލާތައް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވި ގޮތުގައި ރާނީގެ ޖަނާޒާއަށް ރައީސް ސޯލިހް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށެވެ.
"މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ އަޅުގަނޑުމެންނަކަށް ދުނިޔެއާ އެކަހެރިވެގެންނެއް ނޫޅެވޭނެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރު [ރާނީއަކީ]، އަދި ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަކީ ކޮމަންވެލްތުގެ މެންބަރުވެސް ގައުމެއް،" މިއުވާން ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ