Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ހެއްކާބެހޭ ގާނޫނު ތަސްދީގު ކުރުމަށްފަހު، އެބިލް އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ޝަރީއަތް މެދުވެރިކޮށް މަސްދަރު ހާމަ ކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ބިލް ނޫސްވެރިން މުޒާހަރާ ކޮށްކޮށް ތިއްބައި ތަސްދީގުކުރެއްވުމަށްފަހު ހެއްކާބެހޭ ބިލް އަލުން އިސްލާހް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ހަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާ މެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު މީޑިއާގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު, ޝަރީއަތް މެދުވެރިކޮށް މަސްދަރު ހާމަ ކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ބިލު ރައީސް ތަސްދީގު ކުރެއްވި އިރު އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެ ޕެޓިޝަންގައި 158 މީހަކު ސޮއިކުރި ކޮށް ކުށަހެޅިއިރު, ބިލު ފާސްކުރި ދުވަހު މަޖިލިސް ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ރައީސުލްޖުމުހޫރިއްޔާވެސް އެކަމާ އަޅައި ނުލެއްވިއެވެ.

މި އަހަރުގެ ޖުލައި މަހު ތަސްދީގު ކުރި ހެއްކާބެހޭ ގާނޫނު ބުނާ ގޮތުން މަސްދަރު ހާމަ ނުކުރުމުން ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތު އޮވެއެވެ. އަދި ޝަރީއަތުން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެއެވެ. އަދި މީގެ އިތުރުން ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތަކަށް ދައުލަތަށް ގެންދެވިދާނެ އެވެ.

މި އެއްވެސް ކަމަކަށް ބަލާލުމެއް ނެތި ރައީސް ސޯލިހް ވަނީ އެ ގާނޫނު ތަސްދީގުކުރައްވައިފައެވެ.

މި ލިއުމާއި ގުޅޭ