Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢުމްރާ

ރާނީ އެލިޒެބަތަށްޓަކައި އުމްރާވިކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

މައްކާގެ ހަރަމްފުޅުގައި ހުރެ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތަށްޓަކައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރިކަމަށް ބުނި މީހަކު ސައުދީ ޢަރަބިއްޔާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މަސްޖިދުލް ހަރާމުގެ ހަރިންމަފުޅު ތެރޭގައި ހުރެ ރާނީއަށްޓަކައި އުމްރާވިކަމަށް ބުނެ އެކަމަނާއަށް ހެޔޮ ދުއާކޮށް އިބާރާތްތައް ލިޔެފައިވާ ބެނާއެއް ހިފައިގެން ހުރެ ނަގާފައިވާ ވީޑިއޯއެއް މި ޔަމަނު މީހާވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.

އެ ވީޑިއޯވަނީ ވަރަށް ހަލުއިކޮށް މީސްމީޑިއާގައި ފެތުރިފައެވެ. އެއާއެކު މުސްލިމުންގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވިއެވެ.

ގެފުޅާއި ހަރަމްފުޅުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި އިރުޝާދުތަކާ ޚިލާފުވެފައިވާތީ ސައުދީ ފުލުހުން އެ މީހާ ހައްޔަރުކުރީ ހޯމަދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް އެ މައްސަލަ ސަލާމަތީ ބާރުތަކުން މިހާރުވަނީ ސައުދީގެ ޕްރެސެކިއުޓަރުންނަށް ފޮނުވާފައެވެ.

އިސްލާމްދީނުގެ އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލް ޙަރާމަކީ ޣައިރު މުސްލިމުން ވަނުމުގެ ހުއްދަ އޮންނަ ތަނެއް ނޫނެވެ. އަދި އެތަނުގައި ސިޔާސީ ޝިއާރުތައް ފާޅުކުރުމާއި ބެނާތަކާއި ނިޝާންތައް އާންމުކުރުމަކީ ސައުދީ ސަރުކާރުން މަނާކޮށްފައިވާ ކަންކަމެވެ.

ފާއިތުވި ހަފުތާގައި އަވަހާރަވި އިނގިރޭސި ރާނީއަކީ އިނގިރޭސިވިލާތުގެ ނަޞާރާ ފައްޅިކަމުގައިވާ "ޗާޗް އޮފް އިންގްލޭންޑް"ގެ ވެރިޔާއެވެ.

މި މީހާ އާންމުކުރި ވީޑިއޯގައި އޭނާ ހިފައިގެން ހުރި ބެނާގައި ލިޔެފައިވަނީ "ރާނީ އެލިޒެބެތުގެ ރޫޙަށްޓަކައި ކުރާ އުމްރާ، ރާނީއަށް ސުވަރުގޭގެ ނިއުމަތް ލައްވައި ސާލިހުންގެ ތެރޭގައި ހިމަނުއްވާށި،" މިފަދައިންނެވެ.

އިސްލާމީ އުންމަތުގެ އިލްމުވެރިން އިއްތިފާޤުވާ ގޮތުގައި ޣައިރު މުސްލިމުން ސުވަރުގެ ވެއްދެވުމަށާއި، އެ މީހުންގެ ފާފަ ފުއްސެވުމަށް އަދި އެ މީހުންނަށް ރަހުމަތްލެއްވުން އެދި ދުއާކުރުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

މި ލިއުމާއި ގުޅޭ