Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް ކިންގްޑަމް

ރާނީގެ ޖަނާޒާއާ ދިމާކޮށް ލަންޑަނުގެ ހޮޓާތަކުގެ އަގުތައް %30 ބޮޑުވެއްޖެ

އިނގިރޭސި ރާނީ އެލިޒެބަތު 2 ވަނައިގެ ޖަނާޒާއާ ދިމާކޮށް މި ހަފުތާގައި އެ ޤައުމުގެ ވެރިރަށް ލަންޑަނުގެ ހޮޓާތަކުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

އެގޮތުން ޓްރެވަލް ވެބްސައިޓެއް ކަމުގައިވާ ޓްރިވާގޯއިން ބްލޫމްބާގާ ހިއްސާކުރި ހިސާބުތަކަށް ބަލާއިރު، ލަންޑަނުގެ ހޮޓާތަކުގެ ކޮޓަރިތަކުގެ އަގުތައްވަނީ 2019 ވަނަ އަހަރުގެ މި ހަފުތާގައި އެ ކޮޓަރިތަކުގެ އަގުހުރި މިންވަރާ އަޅާބަލާއިރު %30 މަތިވެފައެވެ. އަދި ފާއިތުވި އަހަރާ އަޅާބަލާއިރު އަގުތައްވަނީ 39.5 އިންސައްތަ މަތިވެފައެވެ.

ޓްރިވާގޯގެ ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ލަންޑަނުގެ ހޮޓަތަކުގެ އަގުތައް މީހުން ބެލި މިންވަރުވަނީ ދެގުނަ އިތުރުވެފައެވެ.

ލަންޑަނުގެ ހޮޓެލްތަކުން ބުކިން ހަދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ޝަހަރުގެ އެންމެ މަޝްހޫރު ބޮޑެތި ހޮޓާތަކުގެ ހުރިހާ ކޮޓަރިއެއްހެން މިހާރު ހުރީ ބުކްކޮށްފައެވެ. ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނާނީ އަންނަ ހަފުތާ ހޯމަދުވަހުއެވެ.

އިނގިރޭސި ތާރީޚުގައި އެ ޤައުމުގެ ތަޚުތުގައި އެންމެ ދިގު މުއްދަތަކަށް ރެދަލިކުރެއްވި ރާނީގެ ޖަނާޒާއަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި އިނގިރޭސި ސިޔާސީ ލީޑަރުންނާއި ޝާހީ އާއިލާގެ ބޭފުޅުންނާއި، އާންމުން ހާޒިރުވާނެއެވެ. ހޯމަދުވަހަކީ އިނގިރޭސިވިލާތުގައި ބަންދު ދުވަހެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

ހޮޓެލްތަކުން ރިޒަވޭޝަން ހަދައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ހޮޓެލް-ޕްލޭނާ ކުންފުނީގެ ސީއީއޯ އަދި އެއް މުއައްސިސް ޓިމް ހެންޝެލް ބުނެފައިވަނީ ހޮޓާތަކުގެ އޮކިއުޕޭންސީ ރޭޓު ހުރީ 90 އިންސައްތައަށްވުރެ މަތީގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި އާންމުކޮށް މި ދުވަސްވަރު ހޮޓާތަކުގެ އޮކިއުޕަންސީ ހުންނަނީ 70 އިންސައްތައިގައެވެ.

ހެންޝެލް އިތުރަށް ފާހަގަކުރީ ފާއިތުވި ހުކުރުދުވަހުން ފެށިގެން ބައެއް ހޮޓާތަކުގެ އަގުތައް ހުރީ އާންމުކޮށް މި ދުވަސްވަރު އެ ހޮޓާތަކުގެ އަގުތައް ހުންނަ މިންވަރަށްވުރެ ދެގުނަ މަތީގައި ކަމަށެވެ. އަދި މަތީ ފަންތީގެ ހޮޓާތަކުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާކަމަށް އޭނާ ބުންޏެވެ.

ބަކިންހަމް ޕްލޭސަށް ހިނގާލާފައި ދެވޭހާ ދުރުމިނުގައި ހުންނަ ކޮރިންތިއާ ލަންޑަނުގެ ހުރިހާ ކޮޓަރިއެއް ހުރީ އާދީއްތަދުވަހާއި ހޯމަދުވަހަށް އެކީ ރިޒާވުކޮށްފައިވާ ކަމަށް އެ ހޮޓަލުގެ ތަރުޖަމާނެއް ވިދާޅުވެފައިވެއެވެ. އަދި ގޯރިން ހޮޓާވެސްވަނީ އެކީގައިހެން ފުރިފައެވެ.

ހުރިހާ ކޮޓަރިއެއް ބުކްކޮށްފައި ނެތް ހޮޓާތަކުގެ ތެރެއިން މޮންޓްކާމް ހޮޓަލުގެ ޑިލަކްސް ޑަބަލް އެދުގެ ކޮޓަރިއަކަށް 561 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. އެއް ހަފުތާ ފަހުން އެ ކޮޓަރީގެ އަގު ދެބައިކުޅަ އެއްބައި ދަށްވާނެއެވެ. ލަންޑަނާ ހޮޓަލުގައި މިހާރު ކޮޓަރިއެއްގެ އަގުހުރީ 889 ޕައުންޑަށެވެ. ހަފުތާއެއް ފަހުން 669 ޕައުންޑަށް އަގު ތިރިވާނެއެވެ.

ބައެއް ހޮޓާތަކުގައި އެންމެ އާދައިގެ ކޮޓަރިތައް މިހާރު ހުސްވެފައިވުމުން އެތަންތަނުން މިހާރު ލިބެންހުރީ އެންމެ އަގުބޮޑު ކޮޓަރިތަކެވެ. އެގޮތުން މެންޑަރިން އޮރެއެންޓަލް ހައިޑް ޕާކު ހޮޓަލުން މިހާރު ލިބެންހުރީ 646 އަކަފޫޓުގެ ކޮޓަރިއެެއް 2،500 ޕައުންޑަށެވެ. އެއަށްވުރެ ކުޑަ 366 އަކަފޫޓުގެ ކޮޓަރިއެއް އުޅެނީ 1،300 ޕައުންޑަށެވެ.

މި ލިއުމާއި ގުޅޭ