Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުދަލު ޒަކާތް

އޯގަސްޓު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި 64.3 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 64.3 މިލިއަން ރުފިޔާ ލިބިފައިވާކަން މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 7 މިލިއަން ރުފިޔާ އަދި ފެބްރުއަރީ މަހުގައި 2.8 މިލިއަން ރުފިޔާ އަދި މާޗުގައި 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޭޕްރީލް މަހަކީ އެންމެ ބޮޑު އަދަދެއް މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މަހެވެ. އެ މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 22.7 މިލިއަން ރުފިޔާ ލިބުނެވެ. މޭ މަހުގައި ލިބިފައިވަނީ 4.5 މިލިއަން ރުފިޔާއެވެ.

އަދި ޖޫން މަހުގައި 6.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖުލައި މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 4.1 މިލިއަން ރުފިޔާއެވެ. އޯގަސްޓު މަހުގައި 10.6 މިލިއަން ރުފިޔާ މުދަލުގެ ޒަކާތުގައި ލިބިފައިވެއެވެ.

އެހެންކަމުން ޖުމްލަ ގޮތެއްގައި 64.3 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ޖަނަވަރީން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 176،396 ރުފިޔާ ޞަދަޤާތުގެ ގޮތުގައި މީރާއަށް ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ